އަފްގާންގައި ސްކޫލްތައް ހުޅުވައިފި، އަންހެން ކުދިންނާއި ޓީޗަރުންނަށް އެންގީ އަދި ގޭގައި މަޑުކުރަށް!

އަފްގާނިސްތާނުގެ ސާނަވި އަދި މަތީ ސާވަނީ ސްކޫލްތަކުގެ ކިޔެވުން ފަށައިފި އެވެ. ތޯލިބާނުން މިދިޔަ މަހު އެ ގައުމު ހިފުމާއި ގުޅިގެން މުޅި ގައުމު ގާތްގަނޑަކަށް ހުއްޓިފައި އޮތުމަށް ފަހު އެމީހުން އެކުލަވާލި ...

19 Sep 2021 | 03:58

އަފްގާނިސްތާނުގެ ސާނަވި އަދި މަތީ ސާވަނީ ސްކޫލްތަކުގެ ކިޔެވުން ފަށައިފި އެވެ.

ތޯލިބާނުން މިދިޔަ މަހު އެ ގައުމު ހިފުމާއި ގުޅިގެން މުޅި ގައުމު ގާތްގަނޑަކަށް ހުއްޓިފައި އޮތުމަށް ފަހު އެމީހުން އެކުލަވާލި ވަގުތީ އާ ސަރުކާރާއި އެކު އެކި މުއައްސާސަތައް އަލުން ފެށުމުގެ ހުއްދަ ދަނީ ދެމުންނެވެ.

އެގޮތުން މިދިޔަ ހަފްތާގައި ކޮލެޖު ޔުނިވާސިޓީތަކުގެ ކިޔެވުން ފެށުމުގެ ހުއްދަ ދީފައިވެ އެވެ.

އަފްގާންގައި މި ހަފްތާގައި ސްކޫލްތަކުގައި ސާނަވީ އާއި މަތީ ސާނަވީ ސްކޫލްތަކުގެ ކިޔެވުން ފެށީ ހަމައެކަނި ފިރިހެން ޓީޗަރުންނާއި ފިރިހެން ދަރިވަރުން އެކަނި ސްކޫލްތަކަށް ހާޒިރުވެގެން ކިޔެވުން ކުރިޔަށް ގެންދާގޮތަށެވެ. ތޯލިބާން ސަރުކާރުން ބުނީ އަންހެން ޓީޗަރުންނާއި ދަރިވަރުން އަމަލު ކުރަންވީ ގޮތް ފަހުން އަންގާނެ ކަމަށެވެ.

ތޯލިބާނުންގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވިދާޅުވީ އަންހެން ކުދިންނަށް ކިޔެވުމުގެ ފުރުސަތާއި ޓީޗަރުންނަށް ވަޒީފާ އަދާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެކަމަކު އެ އިންތިޒާމް ހަމަޖެހެންދެން އަދި ތިބެން ޖެހޭނީ ގޭގައި ކަމަށާއި އެ އިންތިޒާމްތައް ހަމަ ޖެހޭނެ ދުވަހެއް އަދި ބުނަން ނޭނގޭ ކަމަށް ޒަބީހުﷲ ވިދާޅުވި އެވެ.

ތޯލިބާނުންގެ މި ނިންމުމާއި މެދު ހިތްހަމަ ނުޖެހިގެން ބައެއް ސްކޫލްތަކުގެ ފިރިހެން ދަރިވަރުން ސްކޫލަކަށް ނުދެ އެވެ. އެ ކުދިން ބުނެފައިވަނީ އަންހެން ދަރިވަރުންނަކީ ގައުމު ބިނާ ކުރުމުގައި ބޮޑު ހިއްސާއެއް އަދާ ކުރާ ބައެއްކަމުން އެމީހުންނަށް ތާއީދުކޮށް އެމީހުންނާއި އެކު ތިބިކަން ދައްކައި ދިނުމަށް ސްކޫލަށް ހާޒިރުވާން ބޭނުން ނުވަނީ ކަމަށެވެ.

މިދިޔަ ހަފްތާގައި ކިޔެވުން ފެށި ޔުނިވާސިޓީތަކުގައި އެއް ކްލާހެއްގައި ދެ ޖިންސުގެ ދަރިވަރުން ތިބި ނަމަވެސް ދެ ޖިންސު މަސްހުނި ނުކޮށް ކިޔަވައި ދިނުމަށް ކްލާހުގެ މެދުގައި ޕާޓިޝަން ނުވަތަ ފަރުދާއެއް ދެމުމަކީ ތޯލިބާނުންގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މަޖުބޫރުކޮށްފައިވާ ކަމެކެވެ.

އަދި އަންހެނުން ތިބެންޖެހެނީ އިސްލާމީ ރީތި ހެދުން އަޅައި ބުރުގާ އަޅައިގެންނެވެ. އެކަމަކު ބުރުގާ މާނަ ކުރަނީ ހަމައެކަނި ބޯ ނިވާކުރުން ކަމެއް ނުވަަ މުޅި މޫނު ނިވާކޮށްގެން ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް