އަންނަ ޓްރާންސްފާ މާކެޓުގައި ޔުނައިޓެޑުގެ ގިނަ ކުޅުންތެރިންތަކެއް ވިއްކާލުމަށް އެ ކުލަބުން ތައްޔާރުވެއްޖެކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ޔުނައިޓެޑްގެ ކޯޗު އޮލިގަނަ ސޮލްޝެއާއާއި ހަވާލާދީ މަޝްހޫރު އޮންލައިން ނޫހެއް ކަމުގައިވާ ދި ސަންގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޔުނައިޓެޑުގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބޭނެ ކަމަށް ބެލެވޭ ހަތް ކުޅުންތެރިއަކު ވިއްކާލަން އެކުލަބުން ވަނީ ނިންމާފައެވެ.
އެގޮތުން ޔުނައިޓެޑުން ވިއްކާލަން ނިންމާފައިވާ ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ކުޅުންތެރިންނަކީ ޖޭސޭ ލިންގާޑް، ފިލް ޖޯންސް، އެރިކް ބެއިލީ، ވެންޑަ ބީކް، އެންތަނީ މާޝިއަލް، ޑިއޭގޯ ދެލޮޓް އަދި އެލެކްސް ޓެލޭއެވެ.
މި ކުޅުންތެރިންގެ މުސްތަވުބަލާއި ގުޚޭ ގޮތުން ކުރެވޭ މަޝްވަރާތައް އަަންނަ މަހުގެ ތެރޭގައި ކުރިޔަށް ދާނެ ކަމަށާއި އެގޮތުން މި ހަތް ކުޅުންތެރިންނާއި މެދު ވަރަށް އަވަހަށް ގޮތެއް ނިންމޭނެ ކަމަށް ވެސް އެކުލަބުން ބުނެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ޔުނައިޓެޑުން މި ހަތް ކުޅުންތެރިން ވިއްކާލުމަށް ފަހު ކުކަބު އިތުރަށް ވަރުގަދަ ކުރުމައް ރަނގަޚު ފެންވަރުގެ ކުޅުންތެރިންތަކެއް ގެނައުމައް ވެސް ނިންމާފައިވާ ކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ.
އަންނަ ސީޒަނަށް ޕޯލް ޕޮގްބާ ޔުނައިޠެޑާއި އެކު ހަދާފައިވާ އެއްބަސްވުން ވެސް ހަމަވާއިރު، ޔުނައިޓެޑުން ދަނީ އިތުރު ދެ އަހަރަށް ޕޮގްބާ ކުލަބުގައި ބެހެއްޓުމަށް މަޝްވަރާތައް ކުރަމުންނެވެ.
ޔުނައިޓެޑުން ވަނީ ނިމިގެން ދިޔަ ހޫނު މޫސުމުގައި އެކުލަބު އިތުރަށް ވަރުގަދަ ކުރުމަށް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޖޯޑަން ސަންޗޯ އެ ކުލަބަށް ގެނެސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް