ރާއްޖޭގައި މިހާރު ޗުއްޓީ ހޭދަކުރަމުން އަންނަ ބޮލީވުޑް ބަތޮލާ، ހީނާ ޚާންގެ މި ފޮޓޯތަކަށް ބޮޑު ސަމާލުކަމެއް ލިބިގެންގޮސްފިއެވެ.
އެގޮތުން މި ފޮޓޯ ޝޫޓްގެ ހަބަރުތައް އިންޑިއާގެ ބޮޑެތި މީޑިއާތަކުން ކަވަރުކޮށްފައިވާއިރު، ހީނާ ޚާންގެ އިންސްޓަގްރާމަށް ދޫކޮށްލާފައިވާ މި ފޮޓޯތަކަށް ގާތްގަނޑަކަށް ބައި މިލިޔަނެއްހާ މީހުން ލައިކް ދީފައިވެއެވެ. ދެ ހާހަށްވުރެ ގިނަ ކޮމެންޓް ކޮށްފައިވެއެވެ.
https://www.instagram.com/p/CT89zW7onGx/
ހީނާ ޚާން މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ ވެލައްސަރު މޯލްޑިވްސް ރިސޯޓްގައެވެ. ހީނާ ޚާން 2019 އަދި 2020 ވަނަ އަހަރުގައިވެސް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައިސްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް