ޕީޕީއެމްއިން މެޑަމް ފާތުންނާއި އެކު މަޑުއްވަރީ ދާއިރާގައި ކެމްޕެއިން ކުރަނީ

ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ ކެމްޕެއިން މެޑަމް ފާތިމަތު އިބްރާހިމް އާއި އެކު ޕީޕީއެމްއިން ފަށައިފި އެވެ. ޕީޕީއެމްއިން މައުލޫމާތު ދޭގޮތުގައި މި ...

19 Sep 2017 | 08:58

ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ ކެމްޕެއިން މެޑަމް ފާތިމަތު އިބްރާހިމް އާއި އެކު ޕީޕީއެމްއިން ފަށައިފި އެވެ.

ޕީޕީއެމްއިން މައުލޫމާތު ދޭގޮތުގައި މި ދަތުރުފުޅުގައި ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނަވުމުގެ އިތުރުން މެޑަމް ފާތުންގެ އިޖުތިމާއީ ހިދުމަތްތައް ކުރިޔަށް ގެންދަވާނެ ކަމަށެވެ. އެގޮތުން ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ އިތުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލު މެޑަމް ފާތުން ބައްލަވާނެ ކަމަށް މައުލޫމާތުދެ އެވެ.

މެޑަމް ފާތުންގެ އަރިހުގައި މި ދަތުރުފުޅުގައި މަޖިލީހުގެ ނައިބު ރައީސް ރިކޯ މޫސާ މަނިކާއި، މަޖިލީސް މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނަވަ އެވެ.  މި ދަތުރުގައި ޕީޕީއެމްގެ ޓިމް ދިއުމަށް ހަމަޖެހިފައިވަނީ މީދޫ އަށާއި މަޑުއްވަރީ އަށެވެ.

މީދޫގައި ބާއްވާ ޖަލްސާއެއްގައި މެދަމް ފާތުން ބައިވެރިވެ ވަޑައިގެންނަވާނެ އެވެ. އެ ދާއިރާގައި ކެމްޕެއިން ކުރަން ފެށި ނަމަވެސް އެ ޕާޓިން އަދި ވަކި  ކެންޑިޑޭޓަކު ނުނެރެ އެވެ. ޕީޕީއެމްއިން ބުނީ އެކަކަށްވުރެ ގިނައިން ކުރިމަތި ލައިފި ނަމަ ޕްރައިމަރީ ބާއްވާނެ ކަމަށެވެ.

މަޑުއްވަރީ ދާއިރާ އާއި އެކު ހަ ދާއިރާއެއްގެ ބައި އިލެކްޝަން އީސީން ވަނީ އިއުލާނުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް