ޗައިނާ ސަރުކާރުން ރާއްޖެއަށް 22،000 ޑޮލަރު (ތިން ލައްކަ ރުފިޔާ) ހަދިޔާ ކޮށްފި އެވެ.
މި ފައިސާ އާއި ސަރުކާރު ފަރާތުން ހަވާލުވެވަޑައިގެންނެވީ ޔޫތް މިނިސްޓަރު ޑރ އިރުތިޝާމް އާދަމް އެވެ. ޗައިނާ ސަރުކާރު ފަރާތުން އެހީ ހަވާލުކޮށްދެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިޒޯންގް އެވެ.
ޔޫތް މިނިސްޓްރީން ބުނީ މި ފައިސާ އަކީ ކުޅީވަރު ސާމާނު ގަތުމަށް ޗައިނާއިން ދިން އެހީއެއް ކަމަށެވެ. އެ ފައިސާ ހަރަދު ކުރުމަށް ނިންމާފައިވަނީ ރަށްރަށުގެ ކުޅިވަރު މަރުކަޒު ތަކަށާއި އެސޯސިއޭޝަންތަކަށް ބޭނުންވާ ކުޅިވަރު ސާމާނު ހޯދައި ދިނުމަށް ކަމަށް ބުނެ އެވެ.
ޗައިނާއިން ވަނީ ކުޅިވަރުގެ ދާއިރާއިން ދިވެހިން ތަމްރީން ކުރުމުގެ ފުރުސަތުތަކެއް ދިނުމަށް ނިންމާފަ ކަމަށް ޔޫތް މިނިސްޓަރު އިރުތިޝާމް ވިދާޅުވި އެވެ. އަދި އެހެން ގައުމުތަކުގައިވެސް ކުޅިވަރުގެ ދާއިރާއިން ދިވެހިން ތަމްރީން ކުރުމުގެ ފުރުސަތު ތަކެއް ހޯދުމަށް މަސައްކަތް ކުރަމުން ދާ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް