"އުރީދޫ ނެކްސްޓް"ގެ ނަމުގައި އާ ހިދުމަތެއް ތައާރަފުކޮށްފި

މަޝްހޫރު ސޯޝަލް މީޑިއާ ނެޓްވޯކް ފޭސްބުކް މެސެންޖާ މެދުވެރިކޮށް "އުރީދޫ ނެކްސްޓް" ގެ ނަމުގައި އާ ހިދުމަތް ތައާރަފުކޮށްފި އެވެ. އުރީދޫއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއ...

19 Sep 2017 | 08:16

މަޝްހޫރު ސޯޝަލް މީޑިއާ ނެޓްވޯކް ފޭސްބުކް މެސެންޖާ މެދުވެރިކޮށް "އުރީދޫ ނެކްސްޓް" ގެ ނަމުގައި އާ ހިދުމަތް ތައާރަފުކޮށްފި އެވެ.

އުރީދޫއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ "އުރީދޫ ނެކްސްޓް" މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ މޮބައިލް ކަސްޓަމަރަކަށްވެސް، ފޭސްބުކް މެސެންޖާއިން އުރީދޫ އާއި ބެހޭ ތަފާތު މައުލޫމާތު ސާފުކޮށް، ހިދުމަތް ހޯދޭނެއެވެ. މި ނެޓްވޯކު ހިންގަނީ އާޓިފިޝަލް އިންޓެލިޖެންސް އާއި މެޝިން ލާނިން ބޭނުންކުރާ ރިއަލް ޓައިމް އޭޕީއައި ޕްލެޓްފޯމް އެއްގެ އެހީގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޖީބް ވިދާޅުވީ "އުރީދޫ ނެކްސްޓް"ގެ ހިދުމަތް އަދި ދޭނީ ފޭސްބުކް މެސެންޖާ މެދުވެރިކޮށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެން ސޯޝަލް މީޑިއާތައް މެދުވެރިކޮށް އެ ހިދުމަތްދޭން ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ މި ޕްލެޓްފޯމް މެދުވެރިކޮށް އަޅުގަނޑުމެންނަށް ލިބިގެން ދާނީ ކަސްޓަމަރުންނާ އެކު މުއާމަލާތް ކުރަން މުޅިންއާ ގޮތެއް." އޭނާ ވިދާޅުވި އެވެ.

އުރީދޫއިން ބުނީ މުސްތަކުގައި އެ ކުންފުނިން ތައާރަފު ކުރާ ހިދުމަތްތައްވެސް އެ ނެޓްވޯކް މެދުވެރިކޮށް ހޯދޭނެ ގޮތް  ފޭސްބުކާއި ގުޅިގެން ހަދާނެ ކަމަށެވެ. މިހާރު އެ ނެޓްވޯކުން ލިބޭނެ ހިދުމަތްތަކުގެ ތެރޭގައި ޕްރޮމޯޝަންތަކުގެ މައުލޫމާތު، އުރީދޫއިން ކަސްޓަމަރުންނަށް ދޭ ހުރިހ ާހިދުމަތެއްގެ މައުލޫމާތު އަދި ކަސްޓަމަރުން ބޭނުން ކުރަމުންދާ ހިދުމަތައް މެނޭޖު ކުރުމާއި އެކު އާ ހިދުމަތްތަކަށް އެދެވޭނެ އެވެ.

"އުރީދޫ ނެކްސްޓް" ބޭނުން ކުރަން އިތުރު އެޕްލިކޭޝަންއެއް ޑައުންލޯޑުކޮށް ނުވަތަ ދަސްކުރާކަށް ނުޖެހޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް