ބަރުދަން ލުއި ކުރުމަށް ބޯ ތަފާތު ބުއިންތަކުގެ ވާހަކަ އެކި ލިޔުންތަކުން ފެނެ އެވެ.
ކުރުނބާ ފެނަކީ އޭގެ ތެރެއިން ދިވެހިންގެ ދިރިއުޅުމާއި ގުޅިފައިވާ އަތޮޅު ތެރެއިން ފަސޭހައިން ލިބޭނެ ބުއިމެކެވެ. ސިއްހީ ތަޖުރިބާކާރުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ދުވާލަކު ތިނެއް ނުވަތަ ހަތަރު ތަށި ކުރުނބާ ފެން ބޯން އާދަ ކުރާށެވެ. އޭރުން ބަރުދަން ލުއިވުމަށް އިތުރު އެހީއަކަށް ވާނެ އެވެ.
ކުރުނބާ ފެނަކީ އޭގައި ކެލޮރީސް އެކުލޭ މިންވަރު މަދު ބަނޑަށް ވަރަށް ފަސޭހަ ބުއިމެކެވެ. އަދި ކުރުނބާ ފެނާއި އެކު ކާ އެއްޗެހި ކާނަމަ ހަޖަމް ކުރަން ފަސޭހަވާނެ އެވެ. އަދި ބަނޑުގައި ހުންނަ ސަރުބީތައް ވިރުމުގެ އިތުރުން ބަނޑުގައި އުފެދޭ އެސިޑާއި ވައިގެ އުނދަގުލުން ރައްކާތެރިވުމަށް ކުރުނބާ ފަނި ވަރެއް ނެތެވެ.
މިޒަމާނުގައި ކުޅިވަރު ކުޅުމަށް ފަހު ނުވަތަ ގިނަ އިރު މަސައްކަތް ކުރުމަށް ފަހު ޒުވާނުން ބޮނީ އެނާޖީ ޑްރިންކެވެ. އޭގެ ބަދަލުގައި ކުރުނބާ ފެން ބޯން އާދަކުރާށެވެ. އޭރުން އޭގައި އެކުލެވޭ ޕޮޓޭސިއަމް އިން ހަށިގަނޑަށް ބޭނުންވާ ހަކަތަ އާއި ބާރު ލިބޭނެ އެވެ.
ކުރުނބާ ފަނި ބުއިމުން ލޭގެ ޕްރެޝަރު އެއް ވަރެއްގައި ހިފަހައްޓައިދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް