ދިޕިކާ ބުނި އެއްޗެއް ނޫސްވެރިންނާ، ސަޕޯޓަރުންނަށް އޮޅިއްޖެ

ބޮލީވުޑްގެ އެކްޓްރެސް ދިޕިކާ ޕަދުކޯން ބުނި އެއްޗެއް ނޫސްވެރިންނަށާއި އޭނާގެ ސަޕޯޓަރުންނަށް އޮޅިއްޖެ އެވެ. އެންމެ ފަހުން އިންޑިއާގެ ނޫސްތަކުން ފެނިގެން ދިޔައީ ދިޕިކާ އާއި ސަލްމާން ހާން އެކުގައި ފެނިގެނ...

19 Sep 2017 | 04:29

ބޮލީވުޑްގެ އެކްޓްރެސް ދިޕިކާ ޕަދުކޯން ބުނި އެއްޗެއް ނޫސްވެރިންނަށާއި އޭނާގެ ސަޕޯޓަރުންނަށް އޮޅިއްޖެ އެވެ.

އެންމެ ފަހުން އިންޑިއާގެ ނޫސްތަކުން ފެނިގެން ދިޔައީ ދިޕިކާ އާއި ސަލްމާން ހާން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށް "ކިކް 2" ވާން އުޅޭ ވާހަކަ އެވެ. އެކަމާ ދިޕިކާގެ ސަޕޯޓަރުން ވަރަށް އުފާފާޅު ކުރި ކަމަށްވެ އެވެ. އަދި އެއީ ތެދެއް ކަމަށް ދިޕިކާވެސް ބުނި ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެ އެވެ.

އެކަމަކު ހަގީގަތުގައި ދޕިކާ ބުނީ އެހެންނެއް ނޫނެވެ. ދިޕިކާ ބުނިކަމަށް ވަނީ އޭނާގެ ފުރަތަމަ ފިލްމް "އޯމް ޝާންތީ އޯމް" ގެ ކުރިން ބޮލީވުޑަށް  ތައާރަފް ވާ ފިލްމު އޭނާ ލައްވާ ކުޅުވަން އުޅުނީ ސަލްމާން ހާން ކަމަށްވެފަ ސަލްމާން އާއި އެކު ފިލްމެއް އަދި ކުޅެފައި ނުވާތީ އެފަދަ ފުރުސަތެއް ލިބިއްޖެ ނަމަ ވަރަށް އުވާފާނެ ކަމަށް ކަމަށެވެ.

އަދި ސަލްމާން ހާން އާއި އެކު ފިލްމަކުން ފެންނަން ބޭނުން ނުވާނީ ކާކުތޯ ނޫސްވެރިން ކައިރިން ދިިޕިކާ އެހިކަމަށްވެ އެވެ.

އޭގެ ފަހުން ބޭއްވި އިވެންޓެއްގައި ސަލްމާން މީޑިއާގައި ބުނެފައިވަނީ "ކިކް 2" ގައި އޭނާ އާއި އެކު އަންހެން ތަރިއެއްގެ ގޮތުގައި ކުރިން ފެނިގެންދާނެ ކަމަށް ބުނެފައިވާ ޖެކޮލިން ފަނޭންޑަޒް އެ ފިލްމުން ނުފެންނާނެ ކަމަށެވެ. އެއީ އޭނާ ސަލްމާން އާއި އެކު  ފިލްމު "ރޭސް 3" ގައި ފެނިގެންދާނެތީ އެވެ. އެކަމަކު އޭނާ އާއި އެކު "ކިކް 2" ގައި ފެނިގެންދާނީ ދިޕިކާ ކަމަކަށް ސަލްމާންއެއް ނުބުނެ އެވެ.

އެހެންވެ ނޫސްވެރިން ދިޕިކާގެ ތަރުޖަމާނާ އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން އޭނާ ބުނީ "ކިކް 2" ކުޅެން އެއްވެސް ވަރަކަށް މަޝްވަރާ ކުރެވިފައި ނުވާ ކަމަށެވެ. އަދި އެފަދަ ހުަށަހެޅުމެއްވެސް ދިޕިކާއަށް އަދި ނުލިބޭ ކަމަށެވެ.

އޭނާ ބުނީ ދިޕިކާ މީޑިއާގައި ބުނީ ސަލްމާން އާއި އެކު ފިލްމެއް ކުޅެން ފުރުސަތެއް ލިބިއްޖެ ނަމަ ބޭނުން ކުރާނެ ވާހަކަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް