ނަދީމްގެ މަރުގެ މައްސަލައިގަ ހަތަރު މީހަކަށް ދައުވާ ކޮށްދޭން އެދެފި

ކެފޭއެއްގެ ތެރޭގައި އިންދަ ބޮލަށް ވަޅި ހަރައި ނަދީމް އަބްދުއްރަހީމް މަރާލި މައްސަލައިގަ ހަތަރު މީހެއްެ މައްޗަށް ދައުވާކޮށްދޭން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިސ...

19 Sep 2017 | 01:22

ކެފޭއެއްގެ ތެރޭގައި އިންދަ ބޮލަށް ވަޅި ހަރައި ނަދީމް އަބްދުއްރަހީމް މަރާލި މައްސަލައިގަ ހަތަރު މީހެއްެ މައްޗަށް ދައުވާކޮށްދޭން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ މައްސަލަ ތަހުގީގުކޮށް ނިންމުމަށް ފަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އެކަމަކު ދައުވާކޮށްދޭން އެދުނު ހަތަރު މީހުންގެ މައުލޫމާތު ހާމައެއް ނުކުރެ އެވެ.

މި މައްސަލައިގަ އިތުރު ތިން މީހަކު ހައްޔަރު ކުރި ކަމެއް މީގެ ކުރިން ފުލުހުން ހާމައެއް ނުކުރެ އެވެ. އެނގިގެން ހައްޔަރުކޮށްފައިވަނީ ގ. ޝާރާޒް، މުހައްމަދު މަފާޒެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުގެ ރޭ ގ. ޖެލީ ފިޝް ބަލާ ފާސްކުރުމަށް ފަހު އެވެ.

މަފާޒަކީ އުމަރު ނަސީރު ހޯމް މިނިސްޓަރު ކަމުގައި ހުންނެވިއިރު، މޮނިކޮން އަމުރުގެ ދަށުން ޓެގު އެޅުވި ޒުވާނެކެވެ. އަދި އެ އަމުރާ ހިލާފުވެގެން އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެ އެވެ. ފުލުހުން ބުނީ އޭނާ މުޖުތަމައުއަށް ދޫކޮށްލީ ހުކުމް ތަންފީޒު ކޮށް ނިމުމުން ކަމަށެވެ.

ނަދީމް މަރުވެފައިވަނީ އެ ހަމަލާގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް