ބޮލީވުޑް އެކްޓަރު ޓައިގަރ ޝްރޮފް މިހާރު ކުޅެމުން އަންނަ ފިލްމު "ބާގީ 2" އަށް އޭނާ ބޯ ބާލާނެ ކަމަށް ބޮލީވުޑް ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފި އެވެ.
މި ފިލްމުގެ ފުރަތަމަ ޕޯސްޓަރު މިދިޔަ މެއި މަހު އާއްމުކޮށްފައިވާއިރު ޕޯސްޓަރުން ފެންނަނީ ބަޑިއެއް ހިފައިގެން ޓައިގަރ ޝްރޮފް ހުންނަ މަންޒަރު ހުންނަނީ ފުރަގަސް ޖަހައިގެންނެވެ.
މި ފިލްމުގެ އިތުރު ޕޯސްޓަރެއް އަދި މަންޒަރެއްވެސް ފަހުން އާއްމުކޮށްފައިނުވާއިރު މި ފިލްމުގައި ބަތަލާގެ ރޯލު ކުޅޭނީ އޭނާގެ ލޯބިވެރިޔާ ދިޝާ ޕަޓާނީ ކަމަށް އަޑު ފެތުރިފައި ވެ އެވެ.
ނާދިއަދްވަލާ ޕްރޮޑިއުސްކުރާ މި ފިލްމަކީ އަހްމަދު ޚާން ޑިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމު ޕްރެޒެންޓް ކުރަނީ ފޮކްސް ސްޓަރ ސްޓޫޑިއޯއިންނެވެ. މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ 27 އޭޕްރީލް 2018ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް