ރޮހިންޖާ މުސްލިމުންނަށް އެނބުރި މިޔަންމާއަށް އެބުރި އާދެވިދާނެ ކަމަށާއި ނަމަވެސް އެކަން ކުރިއަށްގެންދާނެ ގޮތަކާއިމެދު އިތުރަށް ޖެހޭނީ މަޝްވަރާ ކުރަން ކަމަށް މިޔަންމާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ތޯން ޓުން ބުނެފި އެވެ.
އޭނާ މިހެން ބުނެފައިވަނީ އދގެ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި އިނގިރޭސި ފޮރިން ސެކްރެޓަރީ ބޮރިސް ޖޯންސަން އާއެކު ކުރިއަށްގެންދިޔަ ވާހަކަތަކެއްގަ އެވެ.
ޓުން ބުނެފައިވަނީ ގައުމު ދޫކޮށް ދިޔަ އެންމެން އަނބުރާ ގައުމަށް ގެންނަން ތައްޔާރު ކަމަށާއި ނަމަވެސް އެމީހުން އަނބުރާ ގެންނާނެ ގޮތަކާއިމެދު އިތުރަށް ޖެހޭނީ މަޝްވަރާ ކުރަން ކަމަށް ޓުން ބުނެފައި ވެ އެވެ.
ޓުން އިތުރަށް ބުނެފައިވަނީ އަނބުރާ އަންނަ ހުރިހާ ފަރާތަކަށް އިންސާނީ ގަދަރާއި އެހީތެރިކަން އެއްވެސް ތަފާތެއް ނެތި ލިބޭނެ ކަމަށެވެ.
މިޔަންމާއިން މިހެން ބުނެފައި މިވަނީ އިންޑިއާގައި ތިބި ރޮހިންޖާ މުސްލިމުން އެގައުމުން ގަދަކަމުން ބޭރު ކުރުމާއިމެދު ގޮތެއް ނިންމުމަށް އިންޑިއާގެ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅި ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް