މިހުރީ އައު އައިފޯނުގެ ބެންޗްމާކް ސްކޯތައް، ސެމްސަންގް ފޯނު ބޭނުންކުރާ މީހުން ނުރޯތި !

އެޕަލްއިން މިވަނީ އެޕަލްގެ އައު ފޯނުތައް ދައްކައިލާފަ އެވެ. އައިފޯނު 8 އައިފޯނު 8 ޕްލަސް އަދި އައިފޯނު އެކްސް ފޯނު މިވަނީ ދައްކައިލާފަ އެވެ. މި ޕްރޮޑަކްޓްލައިންގެ އެންމެ ފާހަގަކުރެވޭ ކަމެއް ކަމަށް ގިނ...

18 Sep 2017 | 21:49

އެޕަލްއިން މިވަނީ އެޕަލްގެ އައު ފޯނުތައް ދައްކައިލާފަ އެވެ. އައިފޯނު 8 އައިފޯނު 8 ޕްލަސް އަދި އައިފޯނު އެކްސް ފޯނު މިވަނީ ދައްކައިލާފަ އެވެ.

މި ޕްރޮޑަކްޓްލައިންގެ އެންމެ ފާހަގަކުރެވޭ ކަމެއް ކަމަށް ގިނަބަޔަކު ބުނަނީ މި ފޯނުތަކުގައި ހިމަނާފައިވާ، އެޕަލްގެ އައު ޗިޕް އޭ 11 މަރުކާގެ ޗިޕްގެ ބާރުގަދަ ކަމެވެ. ތިރީގައި ޕްރައިމެޓް ލެބްގެ ގީކް ބެންޗުން ކޮށްފައިވާ ބެންޗްމާކް ޓެސްޓްތަކުގެ ނަތީޖާ އެވެ. އައިފޯނު 8 އައި އައިފޯނު 8 ޕްލަސް އަދި އައިފޯނު އެކްސްގެ އިތުރުން ސެމްސަންސްގެ އެންމެ ފަހުގެ ފޯނުތައް ކަމުގައިވާ ސެމްސަންގް ގެލެކްސީ އެސް 8 އަދި އެސް 8 ޕްލަސްވެސް މި ބެންޗްމާކް ޓެސްޓްތަކުގައި ބޭނުންކޮށްފައި ވެ އެވެ.

މި ޓެސްޓްތަކުގެ ނަތީޖާއަށް ބަލާއިރު އެވްރެޖްގޮތެއްގައި އައިފޯނު 8ގެ ސިންގަލް ކޯރ ގެ ސްކޯ އަކީ 4195 އެވެ. މަލްޓި ކޯރ ގެ ސްކޯ އަކީ 10005 އެވެ. އައިފޯނާއި އަޅާބަލާއިރު ސެމްސަންގް ގެލެކްސީ އެސް 8 އުޅެނީ ވަރަށް ފަހަތުގަ އެވެ. ސިންގަލް ކޯރ ގެ ސްކޯއަކީ 1965 އެވެ. މަލްޓި ކޯރ ގެ ސްކޯއަކީ 6494 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް