އައިއެސް ހަނގުރާމަވެރިންގެ 500 އަނބިން އިރާގުން ބޭރުކޮށްލަނީ

އިރާގުގެ ބެލުމުގެ ދަށުގައިތިބި، އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންގެ އަނބިން ޑީޕޯޓް ކޯށްލަން ނިންމާފައިވާކަމަށް އިރާގުން ބުނެފި އެވެ. އިރާގުގެ ޑިޓެންޝަން ސެންޓަރުތަކުގައި އައިއެސް ހަނގުރާމަވެރިންގެ 5...

18 Sep 2017 | 21:30

އިރާގުގެ ބެލުމުގެ ދަށުގައިތިބި، އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންގެ އަނބިން ޑީޕޯޓް ކޯށްލަން ނިންމާފައިވާކަމަށް އިރާގުން ބުނެފި އެވެ.

އިރާގުގެ ޑިޓެންޝަން ސެންޓަރުތަކުގައި އައިއެސް ހަނގުރާމަވެރިންގެ 500 އަށްވުރެ ގިނަ އަނބިންނާއި 800 ދަރިން އެބަތިބި ކަމަށް އިރާގުން ބުނެ އެވެ. މިމީހުންނަކީ އެކި އަވަށްތަކުން އައިއެސް ހަނގުރާމަވެރިން ފައްސާލާއިރު ދޫކޮށްފައި ދާ މީހުންނެވެ.

އިރާގުން ބުނެފައިވަނީ އެމީހުންގެ ތެރޭގައި 13 ގައުމަކަށް ނިސްބަތްވާ މީހުން އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި ޔޫރަޕް، އޭސިޔާ އަދި އެމެރިކާއަށް ނިސްބަތްވާ މީހުން ހިމެނޭ ކަމަށްވެސް އިރާގުން ބުނެ އެވެ. އޭގެ ތެރޭގައި ތުރުކީއަށް ބިސްބަތްވާ 300 އަށްވުރެ ގިނަ މީހުން ހިމެނޭކަމަށްވެސް އިރާގުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް