ނިދަން އުނދަގޫތަ!؟ މިއޮތީ ސްމާޓް ބާލީހެއް، އަގަކީ އެންމެ 400 ޑޮލަރު !

ފްރާންސްގެ ބަޔަކު މިވަނީ ސްމާޓް ބާލީހެއް އުފައްދާފަ އެވެ. ދީފައިވާ ނަމަކީ މޫނާ އެވެ. މޫނާ ކުންފުނިން ބުނެފައިވަނީ މި ބާލީސް އަންނަ އަހަރުގެ ޖޫން މަހު ވިއްކަން ފަށާނެ ކަމަށެވެ. އަދި އަގަކީ އެންމެ 400 ޑ...

18 Sep 2017 | 21:07

ފްރާންސްގެ ބަޔަކު މިވަނީ ސްމާޓް ބާލީހެއް އުފައްދާފަ އެވެ. ދީފައިވާ ނަމަކީ މޫނާ އެވެ. މޫނާ ކުންފުނިން ބުނެފައިވަނީ މި ބާލީސް އަންނަ އަހަރުގެ ޖޫން މަހު ވިއްކަން ފަށާނެ ކަމަށެވެ. އަދި އަގަކީ އެންމެ 400 ޑޮލަރު ކަމަށެވެ.

މި ބާލީހަކީ އޮޓޯއިން ފިނިހޫނުމިން ކޮންޓްރޯލް ކޮށްދޭ އަދި ބޭނުންވެއްޖެ ނަމަ މެނުއަލީވެސް ފިނިހޫނުމިން އެޖަސްޓް ކުރެވޭ ބާލީހެކެވެ. މި ބާލީހުގައި ބޭނުންކޮށްފައިވާ ޓެކްނޮލޮޖީގެ މޮޅުކަމުން ނިދާފައި އޮންނަ ވަގުތު އެމީހަކަށް އެންމެ ބޭނުންވާނެ ފިނި ހޫނުމިން ދެނެގަނެ އަމިއްލައަށް ފިނިހޫނުމިން އެޖަސްޓް ކުރުމުގެ ގާބިލުކަން ލިބިފައިވާކަމަށް މި ބާލީސް އުފެއްދި މީހުން ބުނެ އެވެ.

އެއްގޮތަކުން ބުނާނަމަ މީކީ ބާލީހެއް ނޫނެވެ. ފާޑެއްގެ ޕެޑެކެވެ. އެއީ މި ޕެޑް ޖެހެނީ ބާލީހުގެ އުރައިގެ ތެރެއަށް ލައްވާށެވެ. އެ ޕެޑަކީ އޭގެ ތެރޭގައި ފެން އެކުލެވޭ ޕެޑެއް ކަމުން އަދި އެ ޕެޑާއި، މޭޒުމަތީގައި ނުވަތަ އެނދުމަތީގައި ބަހައްޓާފައިހުންނަ ގެޖެޓަކާއި ގުޅާލާފައިވުމުން ބޭނުންވާވަރަށް އެ ޕެޑްގައިވާ ފެން ފިނިކޮށް ހޫނުކޮށްދެ އެވެ.

މި ބާލީހުގެ މޮޅު އިތުރުކަމެއްވެސް އެބަ އޮތެވެ. އެއީ ހޭލަން ބޭނުންވާ ގަޑިއެއް ސެޓް ކޮށްލުމުން އެ ވަގުތަކަށް ހޫނުގަދަވެ ނިދާފައި އޮންނަ މީހާ ހޭލައްވާލުމުގެ ގާބިލުކަން މި ބާލީހަށް ލިބިފައިވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް