އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި، އެކެއްގެ ހާލު ސީރިއަސް

އައްޑޫސިޓީ މަރަދޫގައި ޕިކަޕަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. އައްޑޫ ނޫހެއް ކަމަށްވާ އައްޑު އޮންލައިންގައި ބުނެފައިވަނީ މި އެކްސިޑެންޓް ހިނގާފައި ވަނީ މަރަދޫ ބޮޑު މަގުގަ...

19 Sep 2015 | 16:53

އައްޑޫސިޓީ މަރަދޫގައި ޕިކަޕަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

އައްޑޫ ނޫހެއް ކަމަށްވާ އައްޑު އޮންލައިންގައި ބުނެފައިވަނީ މި އެކްސިޑެންޓް ހިނގާފައި ވަނީ މަރަދޫ ބޮޑު މަގުގައި ދުއްވާފައި ދިޔަ ސައިކަލެއް ޕިކަޕެއްގައި ޖެހިގެން ކަމަށެވެ. އަދި މި އެކްސިޑެންޓްގައި ސައިކަލުގައި ތިބި ދެ މީހުންނަށް މަރަދޫ ސިއްޙީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރު ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައި ވާކަމަށެވެ.

ހޮސްޕިޓަލުގެ މުވައްޒަފަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ މި އެކްސިޑެންޓްގައި ޒަޚަމްވި އެކެއްގެ ކަންފަތުން ގިނަ އަދަދަކަށް ލޭ ފައިބަމުންދާ އިރު އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. އަދި އެކްސިޑެންޓްގައި ޒަޚަމްވި އަނެއް މީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލް އަދި ވަނީ ލިބޭގޮތް ނުވާ ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 9:00  ހާއިރު އެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވީ ދުއްވާފައި އައި ޕިކަޕެއްގެ ލޯގަނޑުގައި، ދުއްވާފައި ދިޔަ ސައިކަލު ޖެހިގެންނެވެ.

ތަފްސީލް އަންނަނީ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް