މާލެއިން ފުރައިގެން ހއ.ފިއްލަދޫ އަށް ދަތުރުކުރަމުން ދިޔަ "އުޖާލާ" ނަމަކަށް ކިޔާ ބޯޓެއް ދިޔަވާތީ އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑުން އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑިއެފުން ބުނީ މިހާދިސާ ހިނގި ކަމުގެ މަޢުލޫމާތު މިއަދު ގާތްގަނޑަކަށް 15:35 ހާއިރު ލިބުމާއެކު ކޯސްޓްގާޑް ޝިޕް ޢާޒީ ވަނީ އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެސަރަޙައްދަށް ދިއުމަށް ފުރާފައި ކަމަށާއި މިހާދިސާ ހިނގާފައިވަނީ ކ.ކާށިދޫގެ އިރުދެކުނުން ފަސް މޭލު ބޭރުންނެވެ. މިހާދިސާ ހިނގި އިރު ބޯޓުގައި ޖުމްލަ 130 މީހުން ތިބިކަމަށް މަޢުލޫމާތު ލިބޭ ކަމަށެވެ.
މި ބޯޓު މިހާރު ކ.ކާށިދޫ ކައިރީ މަޑުކޮށްފައިވާއިރު ކާށިދޫގައި ދުއްވާ ސީއެމްބިއުލަންސް ވަނީ ކާށިދޫން ޕަމްޕެއް އަރުވައިގެން ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރުވާލާފައި ކަމަށާއި އަދި މި ބޯޓަށް އެހީތެރިވުމުގެ ގޮތުން އެ ސަރަޙައްދުން ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏެއްވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެ އެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭގޮތުގައި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.
އިތުރު ތަފްޞީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް