ދުބާއީ އަމީރުގެ ދަރިކަލުން އަވަހާރަވެއްޖެ

އެކުވެރި އަރަބި އިމާރާތުގެ ދުބާއީގެ އަމީރުގެ ދަރިކަލުން ޝެއިހް ރާޝިދު އަލް މަހްތޫމު އަށް ހާޓްއެޓޭކެއް ޖެހިވަޑައިގަތުމުން ފަރުވާ ދެމުން ދަނިކޮށް އަވަހާރަވެއްޖެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަމީރު...

19 Sep 2015 | 09:12

އެކުވެރި އަރަބި އިމާރާތުގެ ދުބާއީގެ އަމީރުގެ ދަރިކަލުން ޝެއިހް ރާޝިދު އަލް މަހްތޫމު އަށް ހާޓްއެޓޭކެއް ޖެހިވަޑައިގަތުމުން ފަރުވާ ދެމުން ދަނިކޮށް އަވަހާރަވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަމީރުގެ ދޮށީ ދަރިކަލުން ޝެއިހް ރާޝިދު އަވަހާރަވެފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އަވަހާރިވި އިރު އުމުރުފުޅަކީ 33 އަހަރެވެ.

އަމީރުގެ ދަރިކަލުން އަވަހާރަވުމުން އެ ގައުމުގައި ވަނީ ހިތާމައިގެ ތިން ދުވަސް އިއުލާނުކޮށްފަ އެވެ. މި ތިން ދުވަހު އެ ގައުމުގެ ދިދަތައް ހުންނާނީ ބައިދަނޑިއަށް ތިރިކޮށްފައި ކަމަށް އެކުވެރި އަރަބި އިމާރާތުން ވަނީ އިއުލާނު ކޮށްފަ އެވެ.

https://twitter.com/DXBMediaOffice/status/645145755938787329

https://twitter.com/DXBMediaOffice/status/645149779488452612

އަމީރުގެ ދަރިކަލުން މަހްތޫމްގެ ކަށުނަމާދާއި ފަސްދާލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުގެ މަޤުރިބް ނަމާދަށްފަހު ދުބާއީގެ ޒަބީލް މިސްކިތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް