ވޯލްޑް ރެކޯޑް: ދުނިޔޭގެ އެންމެ ބާރަށް ދުވާ ބައިސްކަލް، ގަޑިއަކު 85 މޭލު ބާރުމިނުގައި ދަތުރުކުރޭ

އާންމުގޮތެއްގައި އަހަރުމެން މިދުއްވާ ބައިސްކަލް އޭގެ އެންމެ ފުލް ސްޕީޑްގައި ދުއްވާއިރުވެސް ދުވަނީ ގަޑިއަކު 20 ނޫނީ 30 ކިލޯމީޓަރުގެ ބާރުމިނުގައެވެ. ނަމަވެސް "އެރޯ ވެލޯ" އިން ތައްޔާރުކުރި ބައިސްކަލު މިވ...

19 Sep 2015 | 05:35

އާންމުގޮތެއްގައި އަހަރުމެން މިދުއްވާ ބައިސްކަލް އޭގެ އެންމެ ފުލް ސްޕީޑްގައި ދުއްވާއިރުވެސް ދުވަނީ ގަޑިއަކު 20 ނޫނީ 30 ކިލޯމީޓަރުގެ ބާރުމިނުގައެވެ. ނަމަވެސް "އެރޯ ވެލޯ" އިން ތައްޔާރުކުރި ބައިސްކަލު މިވަނީ މި ސަގާފަތް ބަދަލުކޮށްލާފަ އެވެ.

ވަޒަނެއްގެ ބައްޓަމަށް އުފައްދާފައިވާ މި ބައިސްކަލު ގަޑިއަކު 85.72 މޭލު ބާރު މިނުގައި ދަތުރު ކުރެ އެވެ. މި އުފެއްދުމާއެކު އިންސާނީ ހަކަތަ ބޭނުންކޮށްގެން އެންމެ ބާރަށް ދުއްވާ އުޅަނދުގެ ރެކޯޑް އިއްޔެ ވަނީ އެރޯވެލޯ އިން މުގުރާލާފަ އެވެ.

މި ރެކޯޑް އެރޯވެލޯއިން މުގުރާލާފައި މިވަނީ ނެވާޑާގައި މިހާރު ކުރިއަށްދާ "ވޯލްޑް ހުމަން ޕަވާޑް ސްޕީޑް ޗެލެންޖް" ގައެވެ. މީގެ ކުރިންވެސް މި ރެކޯޑް ހަދާފައިވަނީ ހަމަ މިޓީމުންނެވެ. 2014 ވަނަ އަހަރު މި ޓީމުން ދުނިޔޭގެ ރެކޯޑް ގާއިމް ކުރީ ބައިސްކަލުގެ ބޭރު ތޮށިގަނޑު ނުލައެވެ. އޭރު ރެކޯޑް ގާއިމް ކުރީ ގަޑިއަކު 83.13 މޭލު ބާރު މިނުގައި ބައިސްކަލު ދުއްވައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް