ގުދުސްގައި ހުންނަ މަސްޖިދު އަލް އަޤްޞާ ހިމެނޭ ސަރަހައްދުގައި ފަލަސްތީނުގެ ރައްޔިތުންނާއި އިޒްރޭލު ފުލުހުންނާއި ދެމެދު ކުރިމަތިލުންތައް އިތުރުވެފައި ވަނިކޮށް އިޒްރޭލުން އެ ސަރަހައްދަށް އިތުރު 800 ފުލުހުން އިއްޔެ ފޮނުވައިފި އެވެ.
އިތުރު 800 ފުލުހުން ފޮނުވާފައި މިވަނީ އަޤްޞާ މިސްކިތް ހިމެނޭ ސަރަހައްދުގެ މަސްރަހް ގޯސްވެފައިވާތާ ހަފްތާއެއް ފަހުންނެވެ.
އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ އިތުރު ފުލުހުން އެ ސަރަހައްދަށް ފޮނުވީ ހިނގާފާނެ ކަމަކުން ރައްކާތެރިވުމަށް ކަމަށާއި އެ ސަރަހައްދުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރުމަށް ކަމަށެވެ.
ހަމަނުޖެހުން ހިނގިޔަ ނުދިނުމަށްކަމަށް ބުނެ 40 އަހަރުން ދަށުގެ މުސްލިމުން އަޤްޞާ މިސްކިތަށް ވަނުންވެސް އިޒްރޭލު ފުލުހުން ވަނީ މަނާކޮށްފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް