އިތުރު ބޭންކެއް ރާއްޖޭގައި ހުޅުވުމުގެ ހުއްދަ އެމްއެމްއޭއިން ދީފި

ލަންކާގެ ބޭންކެއް ކަމަށްވާ "ދަ ކޮމާޝަލް ބޭންކް އޮފް ސިލޯން ޕީއެލްސީ) އިން ރާއްޖޭގައި ބޭންކެއް ހުޅުވުމުގެ ހުއްދަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން ދީފި އެވެ. ބައިނަލްއަގްވާމީ މީޑިއާއަށް އެ ...

19 Sep 2015 | 03:05

ލަންކާގެ ބޭންކެއް ކަމަށްވާ "ދަ ކޮމާޝަލް ބޭންކް އޮފް ސިލޯން ޕީއެލްސީ) އިން ރާއްޖޭގައި ބޭންކެއް ހުޅުވުމުގެ ހުއްދަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން ދީފި އެވެ.

ބައިނަލްއަގްވާމީ މީޑިއާއަށް އެ ބޭންކުން ދީފައިވާ އިންޓަވިއުގައި ބުނެފައިވަނީ ލަންކާ ފިޔަވާ އިތުރު ތިން ގައުމެއްގައި އެ ބޭންކްގެ ފަރާތުން ބޭންކްތައް ހުޅުވާފައިވާއިރު ރާއްޖޭގައި ބޭންކް ހުޅުވުމުގެ ހުއްދަ ލަންކާގެ ސެންޓްރަލް ބޭންކުންނާއި އެމްއެމްއޭއިން މިހާރު ދީފައި ވާކަމަށެވެ.

ރާއްޖޭގައި ހުޅުވާ ބޭންކަށް ކިޔަން އެކުންފުނިން ނިންމާފައިވާ ނަމަކީ "ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" ކަމަށް އެ ބޭންކުން ބުނެ އެވެ.

ރާއްޖޭގައި ބޭންކް ހުޅުވާނެ ވަކި ތާރީހެއް އަދި މަސައްކަތް ފަށާނެ ވަކި ތާރީހެއް ހާމަކޮށްފައި ނުވި ނަމަވެސް އެ ބޭންކުން ބުނެފައިވަނީ އެންމެ ފުރަތަމަ ފަށާނީ މާލޭގައި މައި ބްރާންޗް ހުޅުވައިގެން ކަމަށާއި ބޭންކް ހުޅުވިގެން ފަސް އަހަރު ވާއިރު ރާއްޖޭގެ ތިން ސަރަހައްދަކަށް ބޭންކު ފުޅާކުރާނެ ކަމަށެވެ. އަދި ވަކި ސަރަހައްދުތަކެއްގައި އެ ބޭންކުގެ އޭޓީއެމްތަކެއް ބަހައްޓާނެ ކަމަށްވެސް އެ ބޭންކުން ބުނެ އެވެ.

ރާއްޖޭގައި ހުޅުވާ މި ބޭންކުން ދިނުމަށް ނިންމާފައިވާ ހިދުމަތްތަކުގެ ތެރޭގައި ކަރަންޓް، އަދި ސޭވިންގް އެކައުންޓްސް، ފިކްސްޑް ޑިޕޮސިޓްސް، ޕާސަނަލް ލޯންސް، ހައުސިން ލޯންސް، ކްރެޑިޓް ކާޑް، އޯވާޑްރާފްޓްސް، ކޮމާޝަލް ލޯންސް، ޓްރޭޑް ފައިނޭންސިންގް ސާވިސް، އިންޓަނެޓް ބޭންކިންގް، މޯބައިލް ބޭންކިން، ރެމިޓޭންސް އަދި ފޮރިން އެކްސްޗޭންޖް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް