N/A
ކޮންމެ މީހަކުވެސް އޮމާން ރީތި ހަންގަނޑެއް ބޭނުންވާނެއެވެ. ހަންގަނޑު އޮމާންކޮށް ރީއްޗަށް ބެހެއްޓުމަށް ތަފާތު ވައްތަރުގެ ލޯޝަންތަކާއި އެނޫންވެސް ތަކެތި ބޭނުންކުރާނެ އެވެ. މިފަދަ ހަންގަނޑެއް ބޭނުންނަމަ ޔޯގަޓް ބޭނުންކޮށްލާށެވެ. ޔޯގަޓަކީ މަރުވެފައި ހުންނަ ސެލްތައް ނައްތާލާ ހަންގަނޑު އޮމާންކޮށްދޭ އެއްޗެކެވެ. މީގެއިތުރުން ޔޯގަޓަކީ އޮށާޅަ އާއި ހަންގަނޑު ރޫޖެހުމުން ސަލާމަތްކޮށްދޭ އެއްޗެކެވެ.
ތިރީގައި މިގެނެސްދެނީ ހަންގަނޑު އޮމާންކޮށް ރީއްޗަށް ބެހެއްޓުމަށް ޔޯގަޓް ބޭނުންކުރެވިދާނެ ގޮތްތަކެވެ.
މޮއިސްޗަރައިސަސް ސްކިން
އޮމާން ރީތި ހަންގަނޑެއް ބޭނުންނަމަ ޔޯގަޓް ފޭސްމާސްކެއް ބޭނުންކޮށްލާށެވެ. ހަތަރު މޭޒުމަތީ ސަމުސާ ޔޯގަޓް ތެރެއަށް އެއް މޭޒުމަތީ ސަމުސާ ކޮކޯ އާއި އެއް ސައިސަމުސާ މާމުއި އެޅުމަށްފަހު ރަނގަޅަށް މިކްސް ކޮށްލާށެވެ. މި މާސްކު މޫނާއި ކަރުގައި އުނގުޅުމަށްފަހު 30 މިނެޓް ވަންދެން މަޑުކޮށްލާށެވެ. އެއަށްފަހު ފިނި ފެނުން މޫނު ދޮވެލާށެވެ.
ރެޑިއުސް ރިންކްލްސް އެންޑް ފައިންލައިންސް
ހަންގަނޑު ރޫޖެހުމަކީވެސް އުމުރުގެ ވަކި ހިސާބަކުން ބައެއް މީހުންނަށް ދިމާވާ ކަމެކެވެ. ހަންގަނޑު ރޫޖެހުމުން ސަލާމާތްވުމަށް ހަފްތާއަކު އެއްފަހަރު ޔޯގަޓް ސްކްރަބެއް ބޭނުންކޮށްލާށެވެ. ދެ މޭޒުމަތީ ސަމުސާ ޔޯގަޓް ތެރެއަށް އެއް މޭޒުމަތީ ސަމުސާ އޯޓްސް އެޅުމަށްފަހު ރަނގަޅަށް މިކްސްކޮށްލާށެވެ. މި ސްކްރަބް މޫނާއި ކަރުގައި އުނގުޅުމަށްފަހު މަސާޖުކޮށްލާށެވެ. 15 މިނެޓް ވަންދެން މަޑުކޮށްލުމަށްފަހު ފިނިފެނުން ދޮވެލާށެވެ.
ފައިޓްސް އެކްނޭ
ޔޯގަޓަކީ އޮށާޅަ ނެގުމުން ސަލާމަތްކޮށްދޭ އެއްޗެެކެވެ. އާއްމުކޮށް ޕްލެއިން ޔޯގަޓް ބޭނުންކުރާނަމަ ބިހިނެގުމާއި އޮށާޅަ ނެގުމުންދުރުކޮށްދެއެވެ. މަޑުކަފަކޮޅެއް ބޭނުންކޮށްގެން އޮށާޅަ ނަގާފައިވާ ސަރަހައްދުގައި ޔޯގަޓް އުނގުޅާލާށެވެ. އެއްފަހަރު ބޭނުންކުރުމަށް ފަހު ދެވަނަ ފަހަރަށް ކަފަކޮޅު ބޭނުންނުކުރާށެވެ. އޭރުން އޮށާޅަ މޫނަށް ފެތުރުމަކީ އެކަށީގެންވާ ކަމެކެވެ. އެއަށްފަހު ހެނދުނު ތެދުވެ ފިނި ފެނުން މޫނު ދޮވެލާށެވެ. މި ސްކްރަބް އުނގުޅާނީ ރޭގަނޑެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް