ބުޅަލުގެ މަސް އަޅައިގެން ކާބޯތަކެތި ހަދައި އެތަކެތި ވިއްކާ ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހޯދަމުން އެބަ ގެންދެއެވެ.
ފެލީން ވެލްފެއާ އޯގަނައިޒޭޝަނުން މިއަދު ބުނެފައިވަނީ ބިދޭސީއަކު ހޯދުމުގައި އާއްމުންގެ އެހީތެރިކަން ބޭނުންވާކަމަށާއި އެމްޑީ އަރަފާތު ނަމަކަށްކިޔާ އެމީހާ ބުޅަލުގެ މަހުން ކާބޯތަކެތި އުފައްދައި ބިދޭސީންނަށް ވިއްކާކަމަށް ތުހުމަތު ކުރެވޭކަމަށެވެ.
ހަމަ އެހެންމެ އިމިގްރޭޝަނުން މިއަދު ވަނީ އޭނާ އިމިގްރޭޝަނަށް ހާޒިރުވުމަށް ވަނީ ނޯޓިސް ނެރެފައެވެ.
އިމިގްރޭޝަންގެ ނޯޓިސްގައި ބުނެފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ އަރަފާތު ހޮސައިން ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އިމިގްރޭޝަނަށް ހާޒިރުވާން އެނދޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް