ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަޙީދާއި އެކު މިހާރުގެ ކޮމިޝަނާރ އަލީ ސުޖާއު ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒުއާއި ބައްދަލުކުރަން ދިޔަ ކަމަށް ބުނާ ވާހަކަ ޝުޖާއު ދޮގު ކޮށްފިއެވެ.
މިކަމާއި ގުޅިގެން ދިވެހި ފުލުހުންގެ ކޮމިޝަނަރ އަލީ ސުޖާއު މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ،
ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ދައްކަވާފައިވާ ވާހަކައިގައި، ނޫމަޑި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒާއި ބައްދަލުކުރެއްވުމަށް ކޮމިޝަނަރ ޝުޖާއު އާއި އެކީ ދިޔަކަމަށް ބުނާ ވާހަކައަކީ ހަގީގަތެއް ނެތް ހަގީގަތާއި ހިލާފު އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށެވެ.
އަދި ނޫމަޑި މައްސަލައާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކުރުމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދުއާއިއެކު އެއްވެސް ފަރާތަކާއި އެއްވެސް ހައިސިއްޔަތަކުން ބައްދަލުކޮށްފައި ނުވާނެ ކަމަށް ކޮމިޝަނަރ ޝުޖާއު ވިދާޅުވިއެވެ.
" އަޅުގަނޑަށް އެނގިގެން300 ހައުސިންގް ޔުނިޓް ކަންތަކުގައި އެންމެ ފުރަތަމަ ޑރ މުއިއްޒު ގުޅުއްވީ އަޅުގަނޑަށް. އަޅުގަނޑު ދިޔައީ މިހާރުގެ ކޮމިޝަނަރ ގޮވައިގެން އެބޭފުޅާއާއި ބައްދަލުކުރަން. އެހާވަރުން އަޅުގަނޑު މި ވަގުތަށް އަޅުގަނޑު އެވާހަކަ ހުއްޓާލާނަން. މަޑުޖައްސާލާނަން" ކުރީގެ ކޮމިޝަނަރ ހުސެއިން ވަހީދު ވިދާޅުވިއެވެ.
ރޭ ޕީއެންއެފް ޖަލްސާގައި އެބޭފުޅާ ނޫމަޑި ވާހަކަ ދައްކަވަމުން ވިދާޅުވީ މި ދަނޑި ވަޅަކީ މި ވާހަކަ ދެއްކުމަށް އެންމެ ރަގަނޅު ދަނޑިވަޅު ކަމަށް ނުވެދާނެ ކަމަށެވެ. އެހެން ކަމުން އެ ވާހަަކަ ކުޑަ މިންވަރަކަށް ދައްކާފައި އެ ވާހަކައިގެ އިތުރު ތަފްސީލަކަށް ގޮސްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް