69 ގުރާމު މަސްތުވާތަކެއްޗާއި އެކު ދެމީހަކު ހައްޔަރުކޮށްފި

69 ގުރާމު މަސްތުވާ ތަކެއްޗާއި އެކު މާލޭގެ މަގުމަތިން ދެ މީހަކު ހައްޔަރު ކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ ނަޒީހް ޝަރީފް (27އ) މޫނިމާގެ/ގއ. މާމެންދޫ އަދި މުޙްސިން މުޙައްމަދު (30އ) ދަޑިމަގު،ވައިގެ/ ޏ.ފުވ...

19 Aug 2024 | 09:32

69 ގުރާމު މަސްތުވާ ތަކެއްޗާއި އެކު މާލޭގެ މަގުމަތިން ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ ނަޒީހް ޝަރީފް (27އ) މޫނިމާގެ/ގއ. މާމެންދޫ އަދި މުޙްސިން މުޙައްމަދު (30އ) ދަޑިމަގު،ވައިގެ/ ޏ.ފުވައްމުލައް އެވެ.

މި މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ވިއްކައި ވިޔަފާރީ ކުރުމުގެ ތުހުމަތެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ މާލޭގެ މަގުމަތިން ސައިކަލުގައި ދަނިކޮށް ހުއްޓުވާ ބަލާ ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ އެ ތަކެތީގެ ވަގުތީ ބަރުދަނަކީ69 ގުރާމު ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މި ދެ މީހުންގެ ބަންދަށް ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އެ ދެމީހުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް