ކާށިދޫ މިސްކިތުގެ އިމާމު މަސްތުވާ ތަކެތީގެ މައްސަލައެއްގައި ހައްޔަރަށް!

ކ. ކާށިދޫ މިސްކިތުގެ އިމާމު މަސްތުވާ ތަކެތީގެ މައްސަލައަކާއި ގުޅިގެން ހައްޔަރު ކޮށްފިއެވެ. ޣާނިމް ސަލީމް (37އ) ކ.ކާށިދޫ/ޝަބްނަމްގެ ހައްޔަރުކޮށްފައިވަނީ އޭނާ މަސްތުވާ ތަކެތި ގެންގުޅުނު ކަމަުގެ ތުހުމަތު...

19 Aug 2024 | 08:43

ކ. ކާށިދޫ މިސްކިތުގެ އިމާމު މަސްތުވާ ތަކެތީގެ މައްސަލައަކާއި ގުޅިގެން ހައްޔަރު ކޮށްފިއެވެ.

ޣާނިމް ސަލީމް (37އ) ކ.ކާށިދޫ/ޝަބްނަމްގެ ހައްޔަރުކޮށްފައިވަނީ އޭނާ މަސްތުވާ ތަކެތި ގެންގުޅުނު ކަމަުގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ އޭނާގެ ވަނަވަރު އާއްމުކޮށްފައެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

މި މައްސަލައާއި ގުޅިގެން އޭނާ ބަންދަށް އަދި ގޮތެއް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފައެއް ނުވެއެވެ.

ފުލުހުން ދަނީ މި މައްސަލައާއި ގުޅިގެން އިތުރަށް ތަހުގީގު ކުރަން ޖެހޭ ކަންކަން ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް