މަސްތުވާތަކެއްޗާއެކު ގައްދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ގދ. ގައްދޫން މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވާކަމަށް ފުލުހުން ބުނެފިއެވެ. އެގޮތުން ފުލުހުން މިއަދު ބުނީ ގދ. ގައްދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކު...

19 Aug 2024 | 07:00

މަސްތުވާތަކެއްޗާއެކު ގދ. ގައްދޫން މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން ފުލުހުން މިއަދު ބުނީ ގދ. ގައްދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު އިންޓެލިޖެންސް، މައުލޫމާތަކާ ގުޅިގެން އޯގަސްޓް 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ގދ. ގައްދޫ، ފަހާގެ، އަލީ ނާސިރު 38 ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.

"ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 96.45 ގްރާމް" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް