ކ. މާފުށީގައި ޑޮލަރު އޭޓީއެމް އެއް ބަހައްޓައިދޭނޭކަމުގެ ވައުދު ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެ ވަޑައިގެންފިއެވެ.
މުއިއްޒު މި ވައުދު ވެވަޑައިގެންނެވީ މިރޭ ކ. ގުރައިދޫގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ އެހެން ރަށްރަށުގައި ދިވެހި ރުފިޔާގެ އޭޓީއެމް ބޭނުންވާހެން މާފުއްޓަށް ބޭނުންވަނީ ޑޮލަރު އޭޓީއެމް އެކެވެ. މާލެއިން ބޭރުގަ އަދި ޑޮލަރު އޭޓީއެމް އެއް ނެތްކަން ފާހަގަކުރައްވަމުން މުއިއްޒު ވައުދުވެވަޑައިގެންނެވީ އެންމެ ފުރަތަމަ ޑޮލަރު އޭޓީއެމް މާފުށީގައި ބަހައްޓައިދިނުމަށެވެ.
މުއިއްޒު ފާހަގަކުރެއްވި ގޮތުގައި މާފުއްޓަކީ އެ ރަށެއްގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް މުޅި ރާއްޖެއަށް ބެލި ނަމަވެސް ފަތުރުވެރިކަމުގެ އޮކިއުޕަންސީ އެންމެ ހައި އަދި ޑޮލަރުގެ ވިތަފާރި އެންމެ ފުޅާ ދާއިރާއެއްގައި ހިނގާ އެންމެ ގިނަ ފަތުރުވެރިން އުޅޭ ރަށް ކަމުގައިވާއިރު ޑޮލަރު ނެގޭ އޭޓީއެމް ނެތުމަކީ މައްސަލައެއްކަމުގައި މުއިއްޒު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މާފުށީގައި ރަނގަޅު ފެންވަރުގެ ފެރީ ޓާމިނަލެއް ގާއިމްކޮށްދިނުމާއި މާފުށީ މަގުތައް ޒަމާނީ ފެންވަރަށް ހަދައިދިނުމާއި މާފުށީ ބަނދަރު އިތުރަށް ތަރައްގީކޮށްދިނުމުގެ އިތުރުން މާފުށީގެ ބިން އިތުރަށް ހިއްކަދޭނެ ކަމުގެ ވައުދުވެސް މުއިއްޒު މިރޭ ވެ ވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް