ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެއް ގޮތަކީ މިނިވަން ކަމަށް އަދި އަނެއް ގޮތަކީ އަޅުވެތިކަމަށް ވޯޓު ދިނުން ކަމުގައި ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ކެމްޕޭނުގެ ދަތުރުގައި ކަނޑިތީމުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ގާސިމް މިއަދުވެސް ތަކުރާރުކޮށް ވިދާޅުވީ އަސްލު ހުންނެވީ މި އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރެއްވުމުގެ ވިސްނުމެއްގައި ނޫން ކަމަށާއި އެހެން ނަމަވެސް ކަންކަން ހިނގަމުން އަންނަ ގޮތުން ކުރިމަތިލާން މަޖުބޫރު ވީ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދޫކޮށްލި މައްސަލައާއި އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބޭ މައްސަލައާއި އިންޑިއާގެ އަޅުވެތިކަމަށް ރާއްޖެ ދާ ކަމުގެ ކަންބޮޑުވުމާއިމެދު ގާސިމް ވާހަކަފުޅު ދެއްކެވިއެވެ.
"މި ނިކުތީ މި ސަބަބުތައް މިހެން ހުރުމާއެކީގަ ރައްޔިތުންނަށް އަމާންކަމާ ރައްޔިތުންނަށް ސިލްމާ ސަލާމާ ރައްކާތެރިކަމާ ރާއްޖޭގެ މުސްތަގްބަލް އަމާންކަމާ މިނިވަންކަމުގެ ބޭއްވުމުގެ ގޮތުން މަސައްކަތް ކުރަން" ގާސިމް ވިދާޅުވިއެވެ.
ސަލާމަތުން ބުއްދި ހުރި ކޮންމެ މީހަކަށް ގައުމަށް މިހާރު ވަމުންމިދަނީ ކިހިނެއްކަން އެނގޭނެކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ 1984 ވަނަ އަހަރުން ފެށިގެން ގާސިމް ގެންދަވަނީ ގައުމުގެ މިނިވަންކާއި އިސްތިގްލާލާއި އަމަންއަމާންކަމަށްޓަކައި މަސައްކަތް ކުރައްވަމުން ކަމަށާއި ގައުމު ސަލާމަތް ކުރުމަށް މި ނޫން ވެރިކަމެއް ބޭނުންވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް