އަބަދުވެސް ރައްޔިތުން ބައިތިއްބަނީ ސަރުކާރާ، ސިޔާސީ މީހުން ކައިރީގަ ކަންކަމަށް އެދޭ ހާލަތުގަ، މިކަން ބަދަލުކުރަންޖެހޭ: ފާރިސް

އަބަދުވެސް ސަރުކާރާއި ސިޔާސީ ފަރާތްތަކުން އާއްމު ރައްޔިތުން ބައިތިއްބަނީ އެ ފަރާތްތަކުގެ ކިބައިން ކަންކަމަށް އެދޭ ހާލަތުގައި ކަމަށާއި މިކަން ބަދަލުކުރަން ޖެހޭ ކަމުގައި ފާރިސް ވިދާޅުވެއްޖެއެވެ. އަމިއްލ...

18 Aug 2023 | 19:09

އަބަދުވެސް ސަރުކާރާއި ސިޔާސީ ފަރާތްތަކުން އާއްމު ރައްޔިތުން ބައިތިއްބަނީ އެ ފަރާތްތަކުގެ ކިބައިން ކަންކަމަށް އެދޭ ހާލަތުގައި ކަމަށާއި މިކަން ބަދަލުކުރަން ޖެހޭ ކަމުގައި ފާރިސް ވިދާޅުވެއްޖެއެވެ.

އަމިއްލަގޮތުން ރިޔާސީ އިންތިހާބަށް ވާދަކުރައްވާ އަހްމަދު ފާރިސް މައުމޫން މިހެން ވިދާޅުވީ މިރޭ މާލޭގައި ކެމްޕޭނު ޖަގަހައެއް ހުޅުވުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފާރިސް ވިދާޅުވީ ހަށިފޮޅާލާފައި ރައްޔިތުން ނިކުމެ މިކަން ބަދަލުކުރަން އެބަ ޖެހޭ ކަމަށެވެ.

ދިވެހި ރައްޔިތުންގެ ތެރެއިން 90 އިންސައްތައަށްވުރެ ގިނަ މީހުން މި ތިބީ އެކަށީގެންވާ އާމްދަނީއެއް ނުލިބޭ ހާލަތުގައިކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ފާރިސް ވިދާޅުވީ ނިކަމެއްޗަކަށް ވިއްޔާ މި ޖެހެނީ ދައުލަތުގަ ނޫނީ ސަރުކާރުގަ އެކި އެކި އެހީއަށް އިނާޔަތްތަކަށް އަބަދުވެސް ދަންނަވަން ކަމަށެވެ.

"އެއީ އެ ފޯރުންތެރިކަން ނެތީމަ" ފާރިސް ވިދާޅުވިއެވެ.

ފާރިސް އިތުރަށް ވިދާޅުވީ ފޯރުންތެރިކަން ނެތީ ދައުލަތުން އެކަން އެމީހުންނަށް އަމިއްލައަށް މަސައްކަތް ކުރެވޭނެ ގޮތެއް ނޫނީ އެކަށީގެންވާ ވަޒީފާއެއް އަދާކޮށްފަ އެކަށީގެންވާ މުސާރައެއް ލިބޭނެ މަގު ފަހިކޮށްދީފަ ނުވާތީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް