މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ އަބަދުވެސް ކަންކަން ރަނގަޅުކުރުމަށް ވަކާލާތުކުރާ، މިނިވަންކަމާއެކު ބަހުސްކުރެވޭ ޕާޓީއެއް ކަމުގައި އެމްޑީޕީގެ ޗެއާޕާސަން އަދި ދައުލަތުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް އިސްމާއިލް މިހެން ވިދާޅުވީ ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ، އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ފައްޔާޒް ވިދާޅުވީ ޕާޓީގެ ފަލްސަފާގެ އަސާސީ ކަންކަމަކީ އެއްވެސް އިރެއްގައި ދެބަސްވާ ކަންކަން ނޫން ކަމަށާއި ނަމަވެސް އެ އަސާސްތައް ހޯދުމުގައި ތަފާތު ހިޔާލުތައް އަންނަ ކަމަށެވެ. އެގޮތުން ނިޒާމުގެ މައްސަލައަކީ ހަމަ އެފަދަ ކަމެއް ކަމުގައި ފައްޔާޒް ފާހަގަކުރެއްވިއެވެ.
"ނިޒާމުގެ މައްސަލައަކީ އެފަދަ ކަމެއް، ރިޔާސީ ތޯ ބަރުލަމާނީތޯ ތާ އަބަދަށްވެސް ވާހަކަ ދެކެވޭނެ، ހިޔާލު ތަފާތުވެދާނެ، އެއަށް ޖާގަ ދެވޭނެ، އެއަށް ވާހަކަ ދެކެވޭނެ" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ އުންމީދަކީ މި ފެށޭ ކޮންގްރެސްގައި މަޝްވަރާ ކުރެވިގެން ކުރިއަށް ދެވުން ކަމަށާއި ފުރިހަމައަށް އެ ފުރުސަތު އޮންނާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް