އެމްޓީސީސީގެ ސީއީއޯ އާޒިމް، ލ. އަތޮޅު ކައުންސިލާއި ފޮނަދޫ ކައުންސިލާ ބައްދަލު ކުރައްވައިފި

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް، ލ. އަތޮޅު ކައުންސިލާއި ފޮނަދޫ ކައުންސިލާ ބައްދަލު ކުރައްވައިފި އެވެ. އެ ކުންފުނިން ބުނީ މި ބައްދަލު ކުރެއްވުމުގައި ފޮނަދޫގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއ...

19 Aug 2021 | 17:20

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް، ލ. އަތޮޅު ކައުންސިލާއި ފޮނަދޫ ކައުންސިލާ ބައްދަލު ކުރައްވައިފި އެވެ.

އެ ކުންފުނިން ބުނީ މި ބައްދަލު ކުރެއްވުމުގައި ފޮނަދޫގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ދާގޮތް އާޒިމް ބައްލަވާލައްވާފައިވާ ކަމަށެވެ. އަދިމަސައްކަތް ކުރިއަށް ދާގޮތް ބައްލަވާލައްވާފައިވާ ކަމަށެވެ.

އެ މަޝްރޫގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް މިހާރުކުރިއަށްދާ އިރު، އެ މަޝްރޫއުގެ ދަށުން، 27,848 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރުއަޅާ، ފެންހިންދާ ނިޒާމެއް އިމުކުރުމުގެ މަސައްކަތް ހިމެނެ އެވެ. އަދި ސްޕީޑް ބްރޭކަރު ހަރުކުރުމާއި، 10,205 މީޓަރުގެ ސަރަހައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެ އެވެ.

މިއީ 25.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް