ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި އަދަދު މިއަދު ވެސް 100 އިން މައްޗަށް އަރައިފި އެވެ.
އެޗްޕީއޭ އިން ބުފާއިތުވި 24 ގަޑިއިރު ތެރޭ 134 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެއީ މާލެ ސަރަހައްދުން 48 މީހަކާއި އަތޮޅުތެރެއިން 77 މީހަކާއި ރިސޯޓުތަކުން ނުވަ މީހުން ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
މިއާއެކު ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 79،659 އަށް ވަނީ އަރާފަ އެވެ.
ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 74 މީހުން ރަނގަޅުވެފައިވާ އިރު، ބަލިން ފަސޭހަވީ މީހުންގެ އަދަދު 77،713 އަށް ވަނީ އަރާފަ އެވެ.
ރާއްޖޭގައި މި ބައްޔަށް ފަރުވާދެމުން މިހާރުއަންނަނީ 1،712 މީހަކަށެވެ.
ހޮސްޕިޓަލުތަކުގައި 16 މީހަކު މި ބައްޔަށް ފަރުވާ ހޯދަމުން އަންނަ އިރު، 222 މީހަކު ވަނީ މަރުވެފަ އެވެ. އެއީ 205 ދިވެހީންނާއި 17 ބިދޭސީން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް