ކޮވިޑު ޕޮޒިޓިވް ކޭސްއަކާއި ގުޅިގެން އަލިފުށި މޮނިޓަރިންގ އަަށް ލައިފި

ރޯގާގެ އަލާމަތްތައް ހުރެގެން ނެގި 26 ސާމްޕަލްގެ ތެރެއިން ސާންޕަލެއް ޕޮޒިޓިވް ވުމާއިގުޅިގެން ރ. އަލިފުށި މޮނިޓަރިންގ އަށް ލައިފި އެވެ. އެރަށު ހެލްތު ސެންޓަރުން ބުނީ މި ސާމްޕަލްތައް ނަގާފައިވަނީ މި އޮގަ...

19 Aug 2021 | 16:32

ރޯގާގެ އަލާމަތްތައް ހުރެގެން ނެގި 26 ސާމްޕަލްގެ ތެރެއިން ސާންޕަލެއް ޕޮޒިޓިވް ވުމާއިގުޅިގެން ރ. އަލިފުށި މޮނިޓަރިންގ އަށް ލައިފި އެވެ.

އެރަށު ހެލްތު ސެންޓަރުން ބުނީ މި ސާމްޕަލްތައް ނަގާފައިވަނީ މި އޮގަސްޓު 16 ވަނަ ދުވަހު ކަމަށެވެ.

މި ފަހަކަށް އައިސްއަތޮޅުތަކުގައި ކޮވިޑު ކޭސްތައް ތަންކޮޅެއް އިތުރުވާން ފަށާފައިވާ އިރު، އަލިފުށީގެ އިތުރުން މ. މަޑުއްވަރީ އާއި ގއ. ކަނޑުހުޅުދޫ ވެސް މިއަދުވަނީ މޮނިޓަރިންގ އަށް ލާފަ އެވެ.

މިއާއެކު އެޗްޕީއޭ ގެ ތަފާސް ހިސާބުން ދައްކާގޮތުގައި 18 ރަށެއް މޮނިޓަރިންގ ގައި މިވަގުތު އެބައޮތެވެ.

އެއީ ދުވާފަރު، ކާށިދޫ، ފީވަށް، ތަކަންދޫ، ކުޑަހުވަދޫ، ހިމަންދޫ، އޭދަފުއްޓާއި ކަމަދޫ އެވެ. އަދި ހަންޏާމީދޫ، ނެއްލައިދޫ، އިހަވަންދޫ، ގދ. ތިނަދޫ ވެސް ވަނީ މޮނިޓަރިންގ އަށް ލާފަ އެވެ.

މީގެ އިތުރުން ގއ. މާމެންދޫ، ކަނޑުހުޅުދޫ، މ. މަޑުއްވަރި އަދި ރ. އަލިފުށި ވެސް ވަނީ މޮނިޓަރިންގ ގަ އެވެ.

މި ވަގުތު މޮނިޓަރިންގައި އޮތް ރަށްރަށުގެ ތެރެއިން އެންމެ ގިނަ ދުވަސްވެފައިވާ ރަށަކީ ރ. ދުވާފަރެވެ. އެރަށް މޮނިޓަރަށް ލާފައި ވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް