ބައިނަލްއަގުވާމީ އިތުރު އެވޯޑުތަކެއް އުރީދޫ މޯލްޑިވްސް އިން ހޯދައިފި އެވެ.
އެގޮތުން އެ ކުންފުނިން ވަނީ 18 ވަނަ ސްޓީވީ އިންޓަރނޭޝަނަލް ބިޒްނަސް އެވޯޑްސް އަދި އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްއިން ފާހަނގަކޮށްލެވޭ އެވޯޑްތަކެއް ހާޞިލް ކޮށްފަ އެވެ.
ކޯވިޑް 19 އާއި ގުޅިގެން އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދީފައިވާ ގިނަ ގުނަ ޚިދުމަތްތަކަށް ސިލްވަރ އަދި ބްރޮންޒް ސްޓީވީ، އެ ކުންފުންޏަށް ލިބިފައިވާއިރު، މޫލީ އަދި އެމް-ފައިސާ ގެ ޚިދުމަތައްވެސް ވަނީ ފާހަގަ ކޮށްލެވޭ އެވޯޑެއް ހާޞިލްކޮށްފަ އެވެ.
18ވަނަ އަހަރީ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސްއިން ލިބިފައިވާ އެވޯޑުތައް
- ބްރޮންޒް ސްޓީވީ - މޯސްޓް ވެލުއަބަލް ސަރވިސް (ކޯވިޑް 19 އާއި ގުޅިގެން އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދިން އެހީތެރިކަން)
އޭޝިއާ ޕެސިފިކް އެވޯޑްސްއިން ލިބިފައިވާ އެވޯޑުތައް
- ސިލްވަރ ސްޓީވީ - މޯސްޓް ވެލުއަބަލް ކޯޕޮރޭޓް ރެސްޕޯންސް (ކޯވިޑް 19 އާއި ގުޅިގެން އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދިން އެހީތެރިކަން)
- ބްރޮންޒް ސްޓީވީ – އެކްސެލެންސް އިން އިނޮވޭޝަން އިން ކޮންސިއުމަރ ޕްރޮޑަކްޓް އެންޑް ސަރވިސް އިންޑަސްޓްރީސް (މޫލީ އަދި އެމް-ފައިސާގެ ޚިދުމަތްތައް)
މި އެވޯޑުތައް އުރީދޫ އަށް ލިބުމާއިގުޅިގެން މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ އުރީދޫ މޯލްޑިވްސް އަކީ މުޖުތަމައުތަކުގެ ތަރައްގީއައި ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ. އަދި ކޯވިޑް 19 އާއި ގުޅިގެން އުރީދޫ މޯލްޑިވްސްގެ ޓީމުން ވަނީ ކަސްޓަމަރުންނަށާއި މުޖުތަމައުތަކަށް އެކި އެކި ގޮތްގޮތުން އެހީ ފޯރުކޮށްދިނުމުގައި ބުރަ މަސައްކަތްތަކެއްކޮށްފައި ކަމަށެވެ.
އެހެންކަމުން ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި މި މަސައްކަތް ފާހަގަވެ، އެވޯޑެއް ލިބުމަކީ ނުހަނު ފަޚުރުވެރިވާކަމެއް ކަމަށާއި ޕެންޑެމިކް އާއި ގުޅިގެން އަޅުގަނޑުމެންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކުވެސް އުރީދޫ ޓީމުން ވަނީ ގިނަ ގުނަ ލަނޑުދަނޑިތަކެއް ހާސިލްކޮށް އީޖާދީ ޚިދުމަތްތަކެއް ފޯރުކޮށްދީފައި ކަމަށެވެ.
"އެހެންކަމުން މި ފުރުސަތުގައި އަޅުގަނޑުމެންގެ ކުރިއެރުމާ ގުޅިފައިވާ ހީވާގި މުވައްޒަފުންނަށް އައްސަރިބަހާ ސާބަސް ރައްދުކުރަން. އަދި މި ހިތްވަރާއި އެކު އުރީދޫގެ ޚިދުމަތްތައް އިތުރަށް ކުރިއަރުވާ، ބައިނަލްއަގުވާމީ ފެންވަރުގެ އައު އީޖާދުތަކާ ދިވެހިން ގުޅުވާލަދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން." ނަޖީބު ޚާން ވިދާޅުވި އެވެ.
ކޯވިޑް 19 އާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ދަނީ ކުންފުނީގެ މުވައްޒަފުންނާއި ކަސްޓަމަރުން އަދި ދިވެހި ރައްޔިތުންނަށްވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ނެވެ.
އެގޮތުން އުރީދޫ ގްރޫޕާއި ގުޅިގެން ދިވެހިރާއްޖޭގައި ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މުހިއްމު މަސައްކަތްތަކަށް ބޭނުންވާ ވެންޓިލޭޓަރ، ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އަދި ޓެސްޓިންގ ކިޓް ހޯދުމުގައި ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާއަށް އެއްބާރުލުންދިނުމުގެ ގޮތުން 2.5 މިލިއަން ރުފިޔާގެ އެހީތެރިކަންވަނީ ފޯރުކޮށްދީފަ އެވެ.
މި ޕެންޑެމިކް އާއި ދެކޮޅަށް ގައުމީ ފެންވަރުގައި ކުރެވެމުންދާ އެންމެ މުހިންމު މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން، ސަރުކާރާއި ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިންއަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން ނެވެ.
އެގޮތުން އިންޓަރނެޓް ކަނެކްޝަންގެ އެހީތެރިކަމާއި، ކޮވިޑް-19 އާއި ގުޅޭ ހޭލުންތެރިކަމުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމާއި، އޮންލައިންކޮށް ކިޔަވާދިނުމަށާއި ސިއްހީ ދާއިރާ އަދި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުންވެސް ހިމެނެ އެވެ.
އުރީދޫ މޯލްޑިވްސްގެ ތަސައްވުރާއި އެއްގޮތުގެ މަތިން ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ފަހި މުޖުތަމައެއް ބިނާކޮށް، ރައްޔިތުންނާއި ވިޔަފާރިވެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށް ފުޅާކޮށްދިނުމަށް އެކުންފުނިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން ނެވެ.
އެގޮތުގެ އުރީދޫ މޯލްޑިވްސްގެ ސެލްފް ކެއަރ އެޕްގެ އަޕްގްރޭޑާއި އެކު، އުރީދޫގެ މޯބައިލް މަނީ ޚިދުމަތް އެމް-ފައިސާ އަދި އީ-ކޮމަރސް ޕްލެޓްފޯރމް މޫލީގެ ޚިދުމަތްވެސް އެއް ޕްލެޓްފޯރމަކުން ލިބުމުގެ ފަސޭހަ ފަހިކޮށްދީ، ފުރިހަމަ ޑިޖިޓަލް ތަޖުރިބާއެއް ލިބޭނެ ގޮތަށްވަނީ ބަދަލުކުރެވިފަ އެވެ.
ލޮކްޑައުންއާއި ގުޅިގެން މޫލީ މެދުވެރިކޮށް ކުދި ވިޔަފާރިތަކަށް ފަސޭހަކަމާއެކު އޮންލައިން ވެ ގިނަ ކަސްޓަމަރުންތަކަކަށް ޚިދުމަތްފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެން ދިޔައިރު، އެމް-ފައިސާ މެދުވެރިކޮށް ބިލް ދެއްކުމާއި އޮންލައިން ކޮށް އޯޑަރުކުރުމުގައ އާއި ވިޔަފާރިކުރުމުގައި ފައިސާގެ މުއާމަލާތް ފަސޭހަވެގެންދިޔަ އެވެ.
ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގައި އުރީދޫ މޯލްޑިވްސްގެ މިފަދަ އިސްނެގުންތަކާއި އީޖާދީ ޚިދުމަތްތައް ތައާރަފްކުރުމަށް ކުރެވޭ ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކުންފުނިން ދަނީ ދުނިޔޭގެ ވަރުގަދަ ޕްލެޓްފޯރމްތަކުގެ ސަމާލުކަން ހޯދާ، ފަޚުރުވެރި އެވޯޑްތައް ހާސިލްކުރަމުން ނެވެ.
ރާއްޖޭގެ ރައްޔިތުންނާއި އޮންނަ ގާތް ގުޅުން ދަމަހައްޓާ، ބާރު ސްޕީޑެއްގައި ބަދަލުވަމުން އަންނަ އީޖާދީ ޓެކްނޮލޮޖީ އާއި ދިވެހިން ގުޅުވާލަދީ، އިތުރު ފުރުސަތުތަކާއި އެކު ދިވެހިންގެ ދިރިއުޅުމަށް އިތުރު ފަހިކަމެއް ގެނެސްދިނުމަށް ކުރަންޖެހޭ މަސައްކަތްތަކަކީ އެންމެ މުހިންމުކަމެއްގެ ގޮތުގައި ދެކިގެން ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގައި އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން އުރީދޫ މޯލްޑިވްސްއިން އަރުވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް