އިންތިޒާރު ކުރަމުންދާ ދިވެހި ފިލްމު "ހެހެސް"ގެ ޓްރެއިލާ ދައްކާލައިފި

ރިލީޒް ކުރުމަށް ތައްޔާރުވަމުންދާ ދިވެހި ފިލްމު "ހެހެސް" ގެ ޓްރެއިލާ ދައްކާލައިފި އެވެ. "އިން ފަހަނައެޅި އިޝްގް" މި ނަމުގައި ހިންގާ ކަންތައްތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ މި ފިލްމުގައި ހަތަރު އަނ...

19 Aug 2021 | 13:49

ރިލީޒް ކުރުމަށް ތައްޔާރުވަމުންދާ ދިވެހި ފިލްމު "ހެހެސް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

"އިން ފަހަނައެޅި އިޝްގް" މި ނަމުގައި ހިންގާ ކަންތައްތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ މި ފިލްމުގައި ހަތަރު އަންހެނަކު ލޯބި ސިފަކުރާ ތަފާތު ހަތަރު ގޮތަކުން ކަންތައް ދިމާވެގެންދާ ގޮތް ފެނިގެންދާނެ އެވެ. މިއަދު އާންމު ކުރި ޓްރެއިލާގައިވެސް ފިލްމުގައި ފެނިގެންދާނެ ރަހަތައް ތަފާތު ގޮތަކަށް ދައްކާލާފައިވެ އެވެ.

ޓްރެއިލާގައި ފެނިގެންދަނީ ފިލްމުގެ ލީޑްރޯލުން ފެނިގެންދާ ހަތަރު އަންހެނުން ލޯބި ސިފަ ކުރާގޮތް ކިޔައިދޭތަނެވެ. އަދި އޭގެ ފަހުން ދައްކާލާ މަންޒަރުތަކުން ފެނިގެންދަނީ އެމީހުންގެ ސިފަ ކުރުންތަކާއި އެގޮތަށް ލޯބި ހާސިލް ކުރަން ކުރާ މަސައްކަތެވެ.

މި ފިލްމަކީ ތަފާތު އަދި އަސަރު ގަދަ ލޯބީގެ ފިލްމަކަށް ވާނެކަން ޓްރެއިލާއިން އެނގިގެން ދެ އެވެ. އަދި ތަރިންގެ ހުނަރުވެރިކަން ޓްރެއިލާއިން ފެނިގެންދެ އެވެ.

ފިލްމުގައި ފެނިގެންދާނެ ތަރިންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، އަލީ އާޒިމް (ދޮންއައްޔަ) އާއި އިބްރާހީމް ޖިހާދު (ޖިމީ) ހިމެނެ އެވެ. އަދި އަންހެން ތަރިންގެ ތެރޭގައި ޒުވާން ތަރިން ކަމަށްވާ މަރިޔަމް ޝިފާ، އިރުފާނާ އިބްރާހިމް (އިރޫ)، ވާޝިޔާ މުޙައްމަދު، ޓީވީ ޕްރެސެންޓަރު މަރިޔަމް ޝިފާ (ޝިފް) އަދި ޝިޔާޒާ މުޙައްމަދު (ޝިޔާ) ހިމެނެއެވެ.

"ހެހެސް" ގެ މަންޒަރުތައް ނަގާފައިވަނީ ބ. ގޮއިދޫ އާއި މާލޭގައި އެވެ. މިއީ ކާމިޔާބު ފިލްމުތަކެއް ޑައިރެކްޓު ކޮށްފައިވާ އަހުމަދު ނިމާލް ޑައިރެކްޓު ކުރާ ފިލްމެކެވެ.

މި ފިލްމު ރިލީޒް ކުރާ ތާރީހު އަދި ހާމައެއް ނުކުރެ އެވެ. ފިލްމު "ހެހެސް" ޕްރިމިއާ ކުރަން ހަމަޖެހިފައިވަނީ ޑިޖިޓަލްކޮށް މީޑިއާ ނެޓްގެ މަލްޓި ސްކްރީން އެޕުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް