މިނިސްޓަރު ޝާހިދު ލަންކާގެ އާ ފޮރިން މިނިސްޓަރަށް ތަހުނިޔާ ވިދާޅުވެއްޖެ

ސްރީލަންކާގެ އައު ޚާރިޖީ ވަޒީރު ގަމިނި ލަކްޝްމަން ޕީރިސް އަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު މަރުޙަބާ ވިދާޅުވެއްޖެއެވެ. ޖީ.އެލް ޕީރިސް އަށް މިނިސްޓަރ ޝާހިދު ފޮނުއްވި މަރުޙަބާގެ މެސެޖްގ...

19 Aug 2021 | 13:12

ސްރީލަންކާގެ އައު ޚާރިޖީ ވަޒީރު ގަމިނި ލަކްޝްމަން ޕީރިސް އަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ޖީ.އެލް ޕީރިސް އަށް މިނިސްޓަރ ޝާހިދު ފޮނުއްވި މަރުޙަބާގެ މެސެޖްގައި، ކުރީގައިވެސް ޚާރިޖީ ވަޒީރުކަން ކުރައްވައި އަދި ސިޔާސީ ދާއިރާގެ އެތައް ޒަމާންތަކެއްގެ ތަޖުރިބާއާއެކު، އެމަނިކުފާނުގެ ވަޒީރުކަމުގައި ސްރީލަންކާއާއި އެހެނިހެން ޤައުމުތަކާއެކު އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށް ޔަޤީންކުރައްވާކަމަށް ވިދާޅުވިއެވެ.

އަދި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް އެމަނިކުފާނު ކޮށްދެއްވާފައިވާ މަސައްކަތްޕުޅަށް މިނިސްޓަރ ޝާހިދު ވަނީ ޕްރޮފެސަރ ޖީ.އެލް ޕީރިސްއަށް ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓަރ ޝާހިދުގެ މެސެޖްގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ލަންކާގެ ޚާރިޖީ ވަޒީރަށް ވަނީ ދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް