13 އަހަރު ކުއްޖާގެ މަރު: ޒިހާނަށް 100 އަހަރު، ކުއްޖާއަށް 11 އަހަރުގެ ޖަލު ހުކުމް އަންނަ ގޮތަށް ދައުވާ އުފުލައިފި

އުމުރުން13 އަހަރުގެ ފިރިހެން ކުއްޖާ މަރާލި މައްސަލައި ހައްޔަރުކޮށްފައި ތިބި ދެމީހުންގެ މައްޗަށް ގަސްދުގައި މީހަކު މެރިކަމުގެ ދައުވާ އުފުލައިފި އެވެ. ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ނޫސްވެ...

19 Aug 2021 | 10:40

އުމުރުން13 އަހަރުގެ ފިރިހެން ކުއްޖާ މަރާލި މައްސަލައި ހައްޔަރުކޮށްފައި ތިބި ދެމީހުންގެ މައްޗަށް ގަސްދުގައި މީހަކު މެރިކަމުގެ ދައުވާ އުފުލައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މައްސަލައިގަ ދައުވާ އުފުލާފައިވަނީ އުމުރުން17 އަހަރުގެ ކުއްޖަކާއި ނ. ލަންދޫ، ބަގީޗާގޭ އުމުރުން 27 އަހަރުގެ އިބްރާހިމް ޒިހާންގެ މައްޗަށް ކަމަށެވެ.

އޭގެ ތެރެއިން ޒިހާންގެ މައްޗަށް ހަތް ބާވަތެއްގެ13 ދައުވާއެއް އުފުލާފައިވެ އެވެ. މި ދައުވާތައް ސާބިތުވެއްޖެ ނަމަ100 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ޒިހާނާއި ދެކޮޅަށް ދައުލަތުން ދައުވާ އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ، ޖިންސީ ނިޔަތެއް އޮވެގެން ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލުމުގެ ފަސް ދައުވާ، ކުޑަ ކުއްޖަކަށް މަސްތުވާތަކެތި ދީގެން އެ ކުއްޖާއާ އެކު މީހަކު ޖިންސީ އަމަލު ހިންގުމުގެ ދައުވާ އެވެ. އަދި ޖިންސީ ގޯނާ ހިންގުމަށް ކުޑަ ކުއްޖަކު ގްރޫމްކުރުމާއި ހުއްދަ ނޫން ގޮތުގައި މައްޔިތާގެ ބޭނުން ހިފެހެއްޓުމުގެ އިތުރުން ނަހަމަ ގޮތުގައި ޖިންސީ ކުށެއް ކުރުމުގައި ކުޑަ ކުއްޖަކު ބޭނުންކުރުމުގެ ތިން ދައުވާ އެވެ.

17 އަހަރުގެ ކުއްޖާ އާއި ދެކޮޅަަށް އުފުލާފައިވަނީ ތިން ދައުވާއެކެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ11 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ކުއްޖާ އާއި ދެކޮޅަށް އުފުލާފައިވާ ދައުވާތަކަކީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ އެވެ.

13 އަހރު ކުއްޖާ މަރާލުމަށް ފަހު ފޮއްޓަކަށް ލާފައި އޮއްވަ ފެނުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީ މޫދުގެ ކަރުތާފެނާއި ހިސާބުންނެވެ. އެ ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް