ކޮއްކޮއަށް ސްކޫލުން ދީފައި އޮތް ޓެބްލެޓް ވިއްކާލި މީހަކު ޖަލަށް ލާން ހުކުމް ކޮށްފި އެވެ.
މި މައްސަލައިގަ ޖަލަށް ލާން ހުކުމް ކޮށްފައިވަނީ ލ. ގަމަށް ނިސްބަތްވާ އަންހެނެކެވެ. ކްރިމިނަލް ކޯޓުން އިއްޔެ އޭނާގެ މައްޗަށް ކޮށްފައިވަނީ ދެ މަހާއި12 ދުވަހުގެ ޖަލު ހުކުމެކެވެ.
އެ އަންހެން މީހާ އެއްބަނޑުއެއްބަފާ ކޮއްކޮގެ ޓެބްލެޓް އެެހެން މީހަކަށް ވިއްކާލީ 2019 ވަނަ އަހަރު އެންމެ 300 ރުފިޔާއަށެވެ. ފުލުހުން އޭނާ ހައްޔަރު ކުރީ ޓެބްލެޓު ވިއްކާލުމަށް ފަހު އަނބުރާ އެ ހޯދަން އުޅެނިކޮށެވެ.
އެ މައްސަލައިގަ އޭނާގެ މައްޗަށް ސާބިތުވެފައިވަނީ އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އެވެ. ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އޭނާގެ ކޮއްކޮގެ ސްކޫލް ޓެބްލެޓް އެހެން މީހަކަށް ވިއްކާލި ކަން އޭނާގެ އިއުތިރާފުން ސާބިތުވާ ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެ އަންހެން މީހާ މިހާރުވެސް ގެންދަނީ ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް