އިދިކޮޅު ކޯލިޝަނުން ދެކުނުގެ ބައެއް އަތޮޅުތަކަށް ކުރަމުންދާ ދަތުރުގެ ތެރެއިން ވަރަށް ޒުވާން ކަނބަލަކު އެ ޕާޓީ އާއި ގުޅިއްޖެ އެވެ.
ޕީޕީއެމްގެ ޓީމުތައް އިއްޔެ ގޮސްފައިވަނީ ގއ އަތޮޅާއި އައްޑޫ ސިޓީ އަށެވެ. އެ ދަތުރުތަކުގެ ތެރެއިން ޕީޕީއެމްއާއި އަލަށް މިއަދު ގުޅިފައިވަނީ މިއަހަރު18 އަހަރުވީ ޒުވާނެކެވެ.
އަލަށް އެ ޕާޓީ އާއި ގުޅިފައިވަނީ ހިމްޔާ އެވެ. ހިމްޔާ ޕާޓީއަށް ސޮިއ ކުރި ފޯމާއި ހަވާަވެވަޑައިގެންނެވީ މަޑުއްވަރީ ދާއިރާަގެ މެމްބަރި އާދަމް ޝަރީފެވެ.
ޕީޕީއެމްއަށް ސޮއި ކުރުމަށް ފަހު އާދަމް ޝަރީފާއި ފޯމް ހަވާލު ކުރިއިރު އޭނާ އަކީ ޕީއެންސީގެ ނައިބުރައީސް އެވެ. އެކަމަކު އެ ދެ ޕާޓީ އަކީ ކޯލިޝަން ހަދާފައިވާަ ޕާޓީކަމުން ގާތްގަނޑަކަށް އެއީ އެކައްޗެކެވެ.
https://twitter.com/Santo3959/status/1428251993244504078
އާދަމް ޝަރީފު މިވަގުތު ހުންނެވީ ގއ. އަތޮޅުގައި އެވެ. ޕީޕީއެމްގެ މި ދަތުރަކީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމާއި އެ ޕާޓީގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މެސެޖެއް ޕީޕީއެމްގެ މެމްބަރުންނަށް ދިނުމަށް ކުރާ ދަތުރެއް ކަމަށް ބުނެފައިވެ އެވެ.
ޕީޕީއެމްއިން ވަނީ މިދިޔަ މަހުގެ ތެރޭގައި ހއ. އަތޮޅަށްވެސް މެމްބަރުން އިތުރު ކުރުމަށް ދަތުރުކޮށްފަ އެވެ. އެ ދަތުރުތަކުގައި 600 އަށްވުރެ ގިނަ މީހުން ޕާޓީއަށް ސޮއިކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް