ތުޅާދޫ ގޮނޑުދޮަށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފަށަން ތައްޔާރުވެއްޖެ

ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފަށަން ތައްޔާރުވެއްޖެ އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިމަހުގެ 17 ވަނަ ދުވ...

19 Aug 2021 | 06:28

ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފަށަން ތައްޔާރުވެއްޖެ އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިމަހުގެ 17 ވަނަ ދުވަހު ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ކޮނުމަށްފަހު ބިންގަޑު އެއްވަރުކުރަން 11,700 ކިއުބިކް މީޓަރުގެ ވެލިބޭނުންކުރާނެ އެވެ. އަދި ބެޑު ތައްޔާރުކުރުން ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.

މީގެ އިތުރުން މަޝްރޫއު އެއްކޮށް ނިންމާލާއިރު 280 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖަހާނެ ކަމަށް ބުނެ އެވެ.

މި މަޝްރޫޢަކީ 10.13 މިލިއަން ރުފިޔާއަށް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫއު އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް