ވިކީއާ ކެޓްރީނާ ވަރަށް ސިއްރުން އެންގޭޖް ވެއްޖެ!

ބޮލީވުޑްގައި ވަރަށް ސިއްރު ލޯބީގެ ގުޅުމެއް ބާއްވަމުން އަންނަ ވިކީ ކައުޝަލް އާއި ކެޓްރީނާ ކެއިފް އެންގޭޖް ވެއްޖެ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފި އެވެ. އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދ...

19 Aug 2021 | 05:52

ބޮލީވުޑްގައި ވަރަށް ސިއްރު ލޯބީގެ ގުޅުމެއް ބާއްވަމުން އަންނަ ވިކީ ކައުޝަލް އާއި ކެޓްރީނާ ކެއިފް އެންގޭޖް ވެއްޖެ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފި އެވެ.

އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ އޮންލައިން ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ދެމީހުންގެ އެންގޭޖްމެންޓު ހަފްލާަ ބާއްވާފައިވަނީ ވަރަށް ސިއްރުން މާ ގިނަ މީހުން ބައިވެރި ނުވެ އެވެ. އެކަމަކު އެއްވެސް ފަރާތަކުން އެކަން ޔަގީން ކުރެވިފައިނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެ ދެމީހުންގެ އެންގޭޖްމެންޓު އޮންނާނެ ކަމަށް ކުރިން އަޑުފެތުރުނީ މިއަހަރުގެ ފަހުކޮޅު އެވެ. އަދި މިހާރު ދެމީހުން ތިބީ ސިއްރު ލޯބީގެ ގުޅުން ފާޅުގައި ހާމަ ކުރުމަށް ކެތްމަދުވެފައި ކަމަށްވެ އެވެ.

ކެޓްރީނާ އާއި ވިކީގެ އެންގޭޖްމެންޓުގެ ވާހަކަ އާއި އެކު އެންމެ ގިނަ ބައެއް ކުރަމުންދާ ސުވާލަކީ ކެޓްރީނާގެ ކުރީގެ ލޯބިވެރިޔާ ސަލްމާން ހާނަށް ދެން ވާނެ ގޮތެކެވެ. ގިނަ ބަޔަކު ސޯޝަލް މީޑިއާގައި މި ހަބަރާއި އެކު ދަނީ ސަލްމާނަށް ޖޯކު ޖަހައި މަޖާ ނަގަމުންނެވެ.

ކެޓްރީނާ އެންގޭޖްވީއޭ ކިޔާ ކޮމެންޓު ކުރާ މީހުންގެ99 ޕަސެންޓު މީހުން ވަނީ ދެން ސަލްމާން ބާކީ ވީތޯ ނޫނީ ދެން ސަލްމާން ހަދާނީ ކިހިނެތްތޯ ސުވާލުކޮށްފަ އެވެ. އަދި އަނެއްކާވެސް ސަލްމާންގެ ހިތް ކުދިކުދި ވީކަަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް