ވިލުފުށީގައި ނޫމަޑިން އަޅަންފެށި ހައުސިން ޔުނިޓުތައް ނިންމަން އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފި

ތ. ވިލުފުށީގައި އަޅަން ފަށާފައިވާ ހައުސިން ޔުނިޓުތައް ނިންމަން އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފި އެވެ. މި މަޝްރޫއަކީ 2011 ވަނަ އަހަރު ނޫމަޑިއާއި ހަވާލު ކުރެވުނު މަޝްރޫއު އެކެވެ. އެ މަޝްރޫއު ހުއްޓ...

19 Aug 2021 | 05:34

ތ. ވިލުފުށީގައި އަޅަން ފަށާފައިވާ ހައުސިން ޔުނިޓުތައް ނިންމަން އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފި އެވެ.

މި މަޝްރޫއަކީ 2011 ވަނަ އަހަރު ނޫމަޑިއާއި ހަވާލު ކުރެވުނު މަޝްރޫއު އެކެވެ. އެ މަޝްރޫއު ހުއްޓިފައިވަނީ 2014 ވަނަ އަހަރު އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އަމީން ކޮންސްޓްރަކްޝަނާއި އެކު މިއަދު ވި އެއްބަސްވުމުގެ ދަށުން ކުރިން ނޫމަޑިން މަސައްކަތް ފަށާފައިވާ 64 ހައުސިން ޔުނިޓުގެ ނުނިމި ހުރި މަސައްކަތް ނިންމާނެ އެވެ. އަދި ބާކީ 36 ހައުސިން ޔުނިޓު ޑިޒައިންކޮށް އިމާރާތް ކުރުމާއި އެންމެހާ ކަންކަން ކުރާނާމީ އަމީން ކޮންސްޓްރަކްޝަނުން ކަމަށެވެ.

މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހައުސިން ޑިޕާޓްމެންޓުގެ ޑިރެކްޓަރު ޖެނެރަލް އަހުމު ވިޝާން ނަސީމެވެ. އަމީން ކޮންސްޓްރަކްޗަންގެ ފަރާޓުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދެވެ.

މި މަސައްކަތް އެ ކުންފުނިން ނިންމަން ޖެހެނީ 240 ދުވަހުގެ ތެރޭގައި އެވެ. މަޝްރޫއުއަށް ހަރަދު ކުރަނީ މިއަހަރުގެ ޕީއެސްއައިޕީ ބަޖެޓުންނެވެ.

މަޝްރޫއު އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފައިވަނީ 82.1 މިލިއަން ރުފިޔާ އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް