އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީއަށް ޔުނައިޓެޑް އަރަބި އެމިރޭޓްސްއިން ހިމާޔަތް ދީފި އެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަޝްރަފާއި އޭނާގެ އާއިލާއަށް އެ ގައުމުން މަރުހަބާ ކިޔާ ކަމަށެވެ. އެ ގައުމުން ހިޔާޔަތްދޭން ނިންމީ އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ކަމަށް ބުނެފައިވެ އެވެ.
މިދިޔަ އާދިއްތަ ދުވަހު ގައުމު ދޫކުރައްވާ ފިިއްލަވައިގެން ވަޑައިގެންނެވުމަށް ފަހު ސޯޝަލް މީޑިއާގައި އަޝްރަފް ވިދާޅުވީ ގައުމު ދޫކުރައްވައި ވަޑައިގަތީ، މަގާމުގެ ދިފާއުގައި އިތުރަށް ހަނގުރާމަކުރަން ގަސްދު ކޮށްފިއްޔާ، ބޮޑު ލޭއޮހޮރުވުމެއް ހިނގައިފާނެތީ އެވެ. އޭނާ ވިދާޅުވި ގޮތުގައި ގައުމު ދޫކުރައްވައި ވަޑައިގަންނަވަން ޖެހިވަޑައިގަތީ، ތާލިބާނުންގެ ފިއްތުންތަކުގެ ކުރިމަތީގައި އިތުރު ގޮތެއް ނެތުމުންނެވެ.
މީގެ ކުރިން ހީކުރެވިފައި އޮތީ އަޝްރަފް ފިއްލަވައިގެން ވަޑައިގެންނެވީ ތަޖަކިސްތާނަށް ކަމަށެވެ. އަދި ތޯލިބާނުންނަށްވެސް އޭނާ ވަޑައިގެންނެވިތަނެއް ނޭނގުނު ކަމަށްވެ އެވެ.
އަޝްރަފަކީ އެމެރިކާ އާއި ވަރަށް ގުޅުމެއް ބޭއްވި އަދި ވަރަށް ގިނަ ދުވަހު އެމެރިކާގައި ދިރިއުޅުއްވި ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް