ބ. ދަރަވަންދޫ ކައުންސިލު އިދާރާ އިން އިންތިޒާމުކޮށްގެން މިހާރުކުރިއަށް ގެންދާ “ދަރަވަންދޫ ފުޓްސަލް ފިއެސްޓާ 2021” ގައި ރޭ ކުޅުނީ އަންހެން ބައިގެ 2 މެޗެވެ.
ފުރަތަމަ މެޗުގައި އެޗްއެސްއާރުސީ ބްލޫ ބްޓަފްލައި އާއި ޑޮޔެންސް ބައްދަލު ކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ. ދެ ޓީމަށްވެސް ޖެހިފައިވަނީ އެއް ލަނޑެވެ.
މި މެޗުގައި އެޗްއެސްއާރުސީ ބްލޫ ބްޓަފްލައިއަށް ލަނޑު ކާމިޔާބުކޮށްދިނީ އާމިނަތު މައިހާ އެވެ. ޑޮޔެންސްގެ ލަނޑު ކާމިޔާބުކޮށްދިނީ އަފާފާ އަހުމަދެވެ.
މި މެޗުގެ ޕްލޭޔަރ އޮފް ދަ މެޗުގެ މަގާމަށް ހޮވުނީ ޑޮޔެންސް އިނާޝާ އަބްދުއް ސަމަދު އެވެ.
ރޭ ކުޅުނު 2 ވަނަ މެޗުގައި ބައްދަލުކުރީ އެޗްއެސްއާރްސީ ޗަނބޭލީ ރަނިން އާއި އައްތަ އެެވެ. މި މެޗު 1-2 ލަނޑުން ކާމިޔާބުކުރީ ޗަނބޭލީ ރަނިން އެވެ.
މި މެޗުގައި ޗަނބޭލީ ރަނިންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މަރިޔަމް ނީލާ އާއި ނާއިދާ ހަސަންފުޅު އެވެ. އައްތަ ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މަރިޔަމް ސަނިއްޔާ އެވެ.
މި މެޗުގެ ޕްލޭޔަރ އޮފް ދަ މެޗް ލިބުނީ ޗަނބޭލީ ރަނިންގެ މަރިޔަމް ޝައުފާ އަށެވެ.
މި ފިއެސްޓާގެ މެޗުތައް ދަރަވަންދޫ ފުޓްސަލް ފިއެސްޓާ ފޭސްބުކް ޕޭޖުން ލައިވް ކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް