ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިސްލާމް ދީނާއި މިނިވަންކަމާއި ރައްކާތެރިކަމަށް ބުރޫ އަރާފަދަ ކަމެއް ކުރާ ނަމަ ކޯލިޝަން ރޫޅާލަން ފަސް ނުޖެހޭނެ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ އަދާލަތު ޕާޓީގެ16 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތު ކުރިޔަށް ގެނދިިޔައީ ކްލަބް ހައުސް، އަދި ފޭސްބުކާއި ޓުވިޓާ މެދުވެރިކޮށެވެ.
އިމްރާން ވިދާޅުވީ
މި ސަރުކާރުން އިސްލާމްދީނާއި މިނިވަންކަމަށް ރައްކާތެރިވެ، ރައްޔިތުންނަށް ހިދުމަތްކުރާ ނަމަ ސަރުކާރާ އިންޗިއެއް ވެސް ދުރަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އެކަމަކު އެ އަސާސްތަކާއި ދުރަށް ގޮސް ސަރުކާރުން ފަހަށް ޖެހިލައިފި ނަމަ ކޯލިޝަން ރޫޅައިލަން އެންމެ ފުރަތަމަ ނުކުންނާނީ އަދާލަތުން ކަމަށް ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ މި ފަހަރުގެ ކޯލިޝަން ސަރުކާރު މީގެ ކުރީގެ ސަރުކާރު ތަކާއި ވަރަށް ތަފާތެވެ. އިމްރާން ވިދާޅުވި ގޮތުގައި މި ސަރުކާރު ހިންގާ ކޯލިޝަނާއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ގެންދެވުމަކީ އެންމެ ބޮޑު ތަފާތު ކަމަށް ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި އަދާލަތު ޕާޓީގެ ދައުރު ވެސް ވަރަށް މުހިއްމު ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި އެ ޕާޓީން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތަށް ޕާޓީ އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށާއި ޕާޓީގެ އެންމެ ހައިބަތާ އެކު ފައިމައްޗަށް ތެދުވަން ޖެހޭ ކަމަށް ވިދާޅުވެ އެވެ.
އިމްރާން ވިދާޅުވިގޮތުގައި އެކަމަށް ތައްޔާރުވުމުގެ މަސައްކަތްތައް ވެސް ޕާޓީގެ އެތެރޭގައި ކުރިއަށް އެބަދެ އެވެ. އެކަމަކު އެ މަސައްކަތުގެ އިތުރުން ޕާޓީ އަށް އަލަށް ގުޅޭ މީހުންނަށް ފުރުސަތުތައް ފަހިކޮށްދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ އޭނާ ވިދާޅުވީ 2005 ގައި ސިޔާސީ ޕާޓީތައް އުފެދިގެން އަންނަން ފެށީއްސުރެ ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަމަޖެހުމެއް ނުވަތަ ހިމޭން ކަމެއް ވެސް ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް