އައްޑޫގައި ފިހާރައެއް ފަޅާލަން އުޅުނު މީހަކު "ބަސްޓް" ވުމުން ދުވެ ފިލައިފި

އައްޑޫސިޓީ މަރަދޫފޭދޫ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލުމަށްފަހު އެ ފިހާރައިން ވައްކަން ކުރަން އުޅުނު މީހަކު، ބަޔަކަށް ފެނުމުން ދުވެ ފިލައިފި އެވެ. އައްޑޫ ނޫހެއް ކަމަށްވާ އައްޑޫ އޮންލައިންގައި ބުނެފައި...

19 Aug 2015 | 04:40

އައްޑޫސިޓީ މަރަދޫފޭދޫ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލުމަށްފަހު އެ ފިހާރައިން ވައްކަން ކުރަން އުޅުނު މީހަކު، ބަޔަކަށް ފެނުމުން ދުވެ ފިލައިފި އެވެ.

އައްޑޫ ނޫހެއް ކަމަށްވާ އައްޑޫ އޮންލައިންގައި ބުނެފައިވަނީ ރޭ ދަންވަރު 2:30 ހާއިރު ފަޅާލަން މަސައްކަތްކުރި ފިހާރައަކީ މަރަދޫފޭދޫ ބޮޑުމަގުގައި ހުންނަ "ހައިސީޒަންމާޓް" ނަމަކަށް ކިޔާ ފިހާރައެއް ކަމަށެވެ.

އެހިސާބުގަނޑުގައި ދިރިއުޅޭ މީހަކާ ހަވާލާދީ “އައްޑޫއޮންލައިން”ގައި ބުނެފައިވަނީ ބޮލުގެ އިސްތަށިގަނޑު ދިގު ކޮށްލާފައި ހުރި މީހަކު ފިހާރައިގެ ބިއްލޫރި ތަޅާލުމަށްފަހު ފިހާރައަށް ވަންނަން މަސައްކަތްކުރި ކަމަށެވެ. އެ އަޑު އިވިގެން ބަޔަކަށް ހޭލެވިގެން ނިކުތީ ކަމަށާއި މީހުން ނިކުތުމުން ވަގުކަލޭގެ ފިލީ ކަމަށެވެ. އަދި އެ ފިހާރައިން އެއްވެސް އެއްޗެއް ވަގުކަލޭގެއަށް ނެގޭވަރު ނުވި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް