ގަދަ ހޫނުގެ ސަބަބުން މިސްރުގައި 106 މީހަކު މަރުވެއްޖެ

މިދިއަ ހަފްތާއިން ފެށިގެން މިސްރުގައި ގަދަ ހޫނުގެ ސަބަބުން 106 މީހަކު މަރުވެފައި ވާކަމަށް އެގައުމުގެ ގައުމީ ނޫސް އޭޖެންސީން ބުނެފި އެވެ. އެ އެޖެންސީން ބުނީ އިއްޔެ އެކަނިވެސް އަށް މީހަކު މަރުވި ކަމަށް ...

19 Aug 2015 | 03:53

މިދިއަ ހަފްތާއިން ފެށިގެން މިސްރުގައި ގަދަ ހޫނުގެ ސަބަބުން 106 މީހަކު މަރުވެފައި ވާކަމަށް އެގައުމުގެ ގައުމީ ނޫސް އޭޖެންސީން ބުނެފި އެވެ.

އެ އެޖެންސީން ބުނީ އިއްޔެ އެކަނިވެސް އަށް މީހަކު މަރުވި ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނާ ކަމަށެވެ.

މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ސަރަހައްދުތަކަށް ހޫނު ގަދަވާން ފަށާފައިވަނީ މިދިއަ ޖޫން މަހުން ފެށިގެންނެވެ.އަހަރުގެ މި ދުވަސްވަރަކީ ކޮންމެ އަހަރެއްގައިވެސް މިސްރުގައި ހޫނުގަދަ ދުވަސްވަރެއް ނަމަވެސް މިދިޔަ ހަފްތާގައި މިސްރުގެ ހޫނުމިން ހުރީ 64 ޑިގްރީ ސެލްސިއަސްގައި ކަމަށް އެގައުމުގެ ގައުމީ ނޫސް އޭޖެންސީން ބުނެ އެވެ.

ހޫނުގަދަވުމުގެ ސަބަބުން މިސްރުގައި 100 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އިންޑިއާގައްޔާއި ޕާކިސްތާނުގައި މިދިޔަ މަސްތެރޭގައި އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް