ފިހާރައަކުން ވައްކަން ކުރި މައްސަލައެއްގައި ޒުވާން ފިރެހެނެއްް ހައްޔަރުކޮށްފި

ޗަންޕާ މަގުގައި ހުންނަ ޕެންޒީ ފިހާރައިން ވައްކަން ކުރި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މި މައްސަލައިގައި މިއަދު ހައްޔަރު ކުރެވުނު މީހާގެ އުމުރަކީ 27 އަހަރު ކަމަށް ފުލުހުން ވަނީ މ...

19 Jul 2024 | 18:20

ޗަންޕާ މަގުގައި ހުންނަ ޕެންޒީ ފިހާރައިން ވައްކަން ކުރި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައިގައި މިއަދު ހައްޔަރު ކުރެވުނު މީހާގެ އުމުރަކީ 27 އަހަރު ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން ބުނީ އެފިހާރައިން އޭނާ ވަގަށް ނަގާފައި ކަމަށް ތުހުމަތު ކުރެވޭ ގަހަނާ ތަކެއް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށެވެ.

އެމީހާއާއި ގުޅުން ހުރި އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައާއި ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް