މަކަރާއި ހީލަތުން ޑޮލަރޫޣޭ ވިޔަފާރީ ކުރަން އުޅުނު ދިވެއްސެއް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މީހާގެ ރިޕޯޓު ފުލުހަށް ލިބިފައިވަނީ ބުދަ ދުވަހުކަމަށެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން46 އަހަރުގެ ދިވެހި ފިރެހެނަކު ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އެ މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަަށް ހާޒިރު ކުރުމުން ވަނީ އެ މީހާ10 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
ފުލުހުން އެ މީހާގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖޭގެ މާކެޓުގައި ވަގު ޑޮލަރު ވިއްކުމާއި ނުއަގުގައި ޑޮލަރު ވިއްކުން ދަނީ އާއްމު ވަމުންނެވެ.
ބައެއް މަސްދަރުތަކުން މައުލޫމާތު ލިބޭގޮތުުގައި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ 18ރ އަށް އަރައިގެން ގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް