މީހަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލައެއްގައި 3 މީހަކު ހައްޔަރުކޮށްފި

ދިވެހި ފިރިހެނަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލައެއްގައި 3 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ދިވެހި ފިރިހެނަކު ރަހީނުކޮށްގެން މާލޭ ގެއެއްގައި ގެންގުޅުނު މައ...

19 Jul 2024 | 13:23

ދިވެހި ފިރިހެނަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލައެއްގައި 3 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ދިވެހި ފިރިހެނަކު ރަހީނުކޮށްގެން މާލޭ ގެއެއްގައި ގެންގުޅުނު މައްސަލައެއް ޖުލައި 18 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އުމުރުން 30 , 27 އަދި 22 އަހަރުގެ ދިވެހި ތިން ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލާގައި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަކަށް އެ އެންމެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް